ބޮޑު ޗުއްޓީއަށް ފަހު ސްކޫލްތައް ހުޅުވިއްޖެ

ބޮޑު ޗުއްޓީއަށް ފަހު ސްކޫލްތައް ހުޅުވިއްޖެ

މިއަހަރުގެ ބޮޑު ޗުއްޓީއަށް ފަހު، ސްކޫލްތައް ހުޅުވި އާ އަހަރުގެ ކިޔެވުން މިއަދު ރާއްޖޭގައި ފަށައިފިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ރާއްޖޭގައި ފެށީ 96،000 ހާސް ދަރިވަރުންނާއެކުގައެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި، 42،700 ފިރިހެން ދަރިވަރުން ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީ އިން މައުލޫމާތު ދެއްވާފައިވެއެވެ.

ރާއްޖޭގެ މޫސުން މި ދުވަސްވަރު ވަރަށް ގޯސްކޮށް އުޅޭތީ ކިޔެވުން ފަށައިގެން ފުރަތަމަ ތިން ދުވަހު ސްކޫލްތަކުގެ ކިޔެވުމުގެ ދަންފަޅިތައް އާންމުކޮށް ކިޔަވައިދޭ ވަރަށްވުރެ ކުރުކޮށްލަން އެޑިޔުކޭޝަން މިނިސްޓްރީ އިން ވަނީ ނިންމާފައެވެ. އެގޮތުން މިވަގުތު ހަމަޖައްސާފައި ވަނީ މި ތިން ދުވަހު ގިނަވެގެން ތިން ގަޑިއިރު ކިޔަވައި ދިނުމަށްފަހު ދަރިވަރުން ގެއަށް ފޮނުވާށެވެ.

މިނިސްޓްރީ އިން މައުލޫމާތު ދީފައިވާ ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 83،000 ދަރިވަރުން ކިޔަވަމުން ދެއެވެ. މީގެތެރެއިން 17،000 ދަރިވަރުންނަކީ މާލެ ސަރަހައްދުގެ ސްކޫލު ތަކުގެ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލު ތަކުގައި 12،000 ނުވަތަ 13،000 އަށްވުރެ ގިނަ ދަރިވަރުން  ކިޔަވަމުން ދެއެވެ. އޭގެތެރެއިން 9،000 ދަރިވަރުންވަރު މާލެ ސަރަހައްދުގެ ސްކޫލް ތަކުގައި ކިޔަވަމުން ދެއެވެ.

ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން މިއަހަރު މާލެ ސަރަހައްދުގެ ސްކޫލް ތަކަށް 1126 ދަރިވަރުން ވައްދާފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *