ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ޤާނޫނުގައި ބުނާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ބޮޑު ޖޫރިމަނާއެއް ނުވަތަ ޖަލު ހުކުމެއް އަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނު (ސީސީ)ގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.
ފުއާދު ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު މި މަހުގެ 22 ވަނަ ދުވަހު ހަމަވެގެން ދިޔައިރު ބައެއް ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށެވެ.
އިންތިޚާބު ތަކާބެހޭ އާންމު ޤާނޫނުގައިވާ ގޮތުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ ކަންކަމާ ބެހޭ ގޮތުން ހަދާފައިވާ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.
މަޖިލިސް އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކޮށްފައި ވާއިރު، މުއްދަތު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށައެޅީ 320 ކެންޑިޑޭޓުންނެވެ. 48 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށް އީސީ އިން ވަނީ ބުނެފައެވެ. އެހެން ކަމުން މާލީ ބަޔާން ހުށަނާޅާ 48 ކެންޑިޑޭޓުންގެ މައްޗަށް ދަޢުވާ އުފުލުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނެ ކަމަށް އީސީ ވަނީ ބުނެފައެވެ.
އީސީގެ ރައީސް ފުއާދު ވިދާޅުވީ އިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ހުރިހާ ޚަރަދެއް ހިމެނޭ ބަޔާން ޤާނޫނުގައި ބުނާ މުއްދަތަށް ހުށަނާޅައިފިނަމަ، ޤާނޫނީ ގޮތުން ކުށްވެރިވާނެ ކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން 70 ހާސް ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ 1 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ޤާނޫނުގައި ކަނޑައަޅާފައި ވާކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
2 Responses
ދައުލަތަށް ފައިދާ ހުރި ގޮތަކީ ޖޫރިމަނާ. 3.3 މިލިއަން ޖޫރިމަނާގެ ގޮތުގައި ލިބޭނެ.
މާލެ ޓައިމްސް މަށަށް ވަރަށް ކަމުހިނގައްޖެ އިނގޭ. އަދިވެސް ކުރިއަށް ޖައްސާލެވޭނެހެން މަށަށް ހީވަނީ. މީ ކޮންބަޔެއް ކުރާ ކަމެއް. މި ބުނީ މި ނޫސް ހިންގަނީ.