ހުޅުމާލޭ ފޭސް އެކެއްގެ ފިތުރޯނު މަގުގައި ހުންނަ ދުވަސްވީ ބިޔަ ފިތުރޯނު ގަހެއް ރޭ ފަތިހު ބިމުން ލުހިގެން ވެއްޓިއްޖެ އެވެ.
ރާއްޖެއަށް ބާރު ވަޔާއެކު ކުރަމުންދާ ގަދަ ވިއްސާރައިގައި ރޭ ފަތިހު މި ގަސް ވެއްޓުމާއި ގުޅިގެން ފިތުރޯނު މަގުން ފެރީ ޓާމިނަލް ސަރަހައްދު ވަނީ ބަންދުވެފަ އެވެ.
ވެއްޓުނީ ފެރީ ޓާމިނަލްގެ ފަހަތުން ފިތުރޯނު މަގަށް އިންނަ ބިޔަ ގަހެކެވެ.