އީރާނުގެ ރައީސްގެ ޖަނާޒާއަށް އާދަމް ޝަރީފު އީރާނަށް

އީރާނުގެ ރައީސްގެ ޖަނާޒާއަށް އާދަމް ޝަރީފު އީރާނަށް

މިދިޔަ އާދިއްތަ ދުވަހު ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ އަދި ފޮރިން މިނިސްޓަރު ހުސައިން އަމީރު އަވަހާރަވެފައިވާތީ އެދެ ބޭފުޅުންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ލޯކަލް ގަވަރްނެސް މިނިސްޓަރު އާދަމް ޝަރީފު އިރާނަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ އާދަމް ޝަރީފު، އެދެ ބޭފުޅުންގެ ޖަނާޒާގައި ބައިވެރިވެވަޑަައިގަތުމަށް ވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކަމަށެވެ.  އާދަމް ޝަރީފު، އިރާނަށް ފުރާވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.

ރައީސީ އަދި ހުސައިން އަމީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ވަނީ ތިން ދުވަހަށް ބައި ދަނޑިއަށް ތިރިކޮށްފައެވެ. އަދި ދިވެހި ސަރުކާރުން ވަނީ އިރާނުގެ ރައްޔިތުންނަށާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *