ދިވެހީންގެ އުފެއްދުންތެރި ކަމުގެ މައުރަޒު އަންނަ އަހަރު ބާއްވަނީ

ދިވެހީންގެ އުފެއްދުންތެރި ކަމުގެ މައުރަޒު އަންނަ އަހަރު ބާއްވަނީ

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" މިއަންނަ އަހަރުގެ މޭމަހުގެ ތެރޭގައި ބޭއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ބޭއްވުމަށް ރައީސް ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކަރުދަހާކަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

އެ މައުރަޒުގެ މަގްސަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމާއި ވިޔަފާރިއާއި އުފެއްދުންތެރިކަން އިތުރު ކުރުމެވެ.

އެ މައުރަޒު ވާދަވެރި މާހައުލެއްގައި ބޭއްވޭ މައުރަޒަކަށް ހެދުމަށްޓަކައި ރައީސް ވަނީ ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން އެ މައުރަޒު ބޭއްވުމަށް ނިންމަވާފައި ކަމަށެވެ.

މައުރަޒު ހިންގައި އިންތިޒާމު ކުރުން ކުރިއަށް ގެންދާނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *