އައްޑޫގައި އިސް ރަށްވެހިންގެ ހިޔާވަހި ބިނާ ކުރުމަށް ނިންމައިފި

އައްޑޫގައި އިސް ރަށްވެހިންގެ ހިޔާވަހި ބިނާ ކުރުމަށް ނިންމައިފި

 

އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ "އިސް ރަށްވެހިންގެ ހިޔާވަހި" އައްޑޫ ސިޓީގެ ފޭދޫގައި ބިނާ ކުރުމަށް ރައީސް ޑރ. މުހައަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އެ ނިންމުން ނިންމާފައި ވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. ރައީސް އޮފީހުން މިރޭ ބުނީ އިސް ރަށްވެހިންގެ ހިޔާވަހިއަކީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ހަދާ ތަނެއް ކަމަށެވެ. އެތަނުން ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން، ދޮށީ އުމުރުގެ މީހުންނާއެކު އާއިލާ ތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހި ކަމުގެ ސްކީމު ތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގޮތުން، ޤާނޫނައި ޤަވާއިދު ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް ވެސް ކެބިނެޓުގެ ލަފާގެ މަތިން ރައީސް ވަނީ ނިންމަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *