ހުއްދަ ނުހޯދައި ޑްރޯން އަރުވާނަމަ ފިޔަވަޅު އަޅާނަން: ޑިފެންސް

ހުއްދަ ނުހޯދައި ޑްރޯން އަރުވާނަމަ ފިޔަވަޅު އަޅާނަން: ޑިފެންސް

އެމްއެންޑީއެފުން ސެކިއުރެޓީ ބަލަހައްޓާ ތަންތަނާއި އެއަރޕޯޓް ކައިރީގައި ޑިފެންސް މިނިސްޓްރީގެ ހުއްދަނެތި ޑްރޯން އަރުވާނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން ދީފިއެވެ.

ޑިފެންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދު ތަކާއި އެއާރޕޯޓުތައް ހިމެނޭ ސަރަހައްދު ތަކުގައި 'އަން މޭންޑް އޭރިއަލް ވެހިކަލް' (ޔޫއޭވީ) ނުވަތަ ޑްރޯން އުދުއްސާކަން މިހާރަކަށް އައިސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެކަމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރިވެދާނެ ކަމަކަށް ވާތީ، ޑްރޯން އުދުއްސުމުގެކުރިން ހުއްދަ ހޯދުމަށް މީގެކުރިން ވެސް ވާނީ އާންމުކޮށް އެންގިފައި ކަމަށް ޑިފެންސުން ބުންޏެވެ.

"ވީމާ، ދަންނަވަމެވެ. ރާއްޖޭގެ ކޮންމެ ދިމާއެއްގައި ޑްރޯން އަރުވަން ބޭނުންވި ކަމުގައިވިއަސް މި މިނިސްޓްރީގެ ހުއްދަ ހޯއްދަވައިގެން އެކަން ކުރެއްވުމަށް ދަންނަވަމެވެ. ހުއްދަ ހޯދުމަށް އެދި ފޯމު ހުށަހަޅުއްވާއިރު، ރަސްމީ ބަންދު ނޫން 3 ދުވަސް ކުރިން ހުށަހެޅުއްވުމަށާއި، ހުއްދަ ނުހޯދާ މިކަންކުރާ ފަރާތް ތަކާއިމެދު ފިޔަވަޅު އެޅޭނެ ކަމުގައިވެސް ދަންނަވަމެވެ." ޑިފެންސުން ބުންޏެވެ.

ހުއްދަ ނުހޯދައި އުދުއްސާ ޑްރޯންތަކާމެދު އަޅާ ފިޔަވަޅަކާއި ގުޅިގެން އެތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާ ނުނަގާނެ ކަމަށް ޑިފެންސުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *