އީރާނުގެ ރައީސް އަވަހާރަވުން- ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަށް ފިހިފައި

އީރާނުގެ ރައީސް އަވަހާރަވުން- ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަށް ފިހިފައި

ހެލިކޮޕްޓަރު އެމަޖެންސީގައި ހާޑް ލޭންޑިން ނުވަތަ ވެއްޓުނު ހާދިސާގައި އިރާންގެ ރައީސް އިބްރާހިމް ރައިސީގެ ހަށިގަނޑު ވަނީ ކާކުކަން ދަނެނުގަނެވޭ ވަރަށް ފިހިފައި ކަމަށް އިރާންގެ ނޫސް ތަކުން ރިޕޯޓު ކޮށްފިއެވެ.

ރައިސީއާ އެކު އެއް ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅަކު ތިއްބެވިއެވެ. އެ ހުރިހާ ބޭފުޅުންގެ ހަށިގަނޑުތައްވެސް ވަނީ ކާކުކަން ދަނެނުގަނެވޭ ވަރަށް ފިހިފައެވެ. ހަށިގަނޑުތައް ހޯދުމަށްފަހު އެއާރ ލިފްޓްކޮށް ވަނީ ފޮރެންސިކް ތަހުލީލަށް ފޮނުވައިފައެވެ.

އިރާންގެ ނޫސް ތަކުން ވަނީ ހެލިކޮޕްޓަރުގެ ފޮޓޯތައް އާންމު ކޮށްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ހެލިކޮޕްޓަރު ވެއްޓުމުގެ ސަބަބުން ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. ރެސްކިޔު ޓީމު ތަކަށް ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ދެވިފައި ވަނީ ހާދިސާ ހިނގިތާ 10 ގަޑިއިރު ފަހުންނެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔައިރުވެސް ހެލިކޮޕްޓަރުގެ ބައި ތަކުން ދިޔައީ ގަދައަށް ދުން އަރަމުންނެވެ.

އިރާންގެ ގައުމީ މީޑިޔާ އައިއާރްއެންއޭ ނޫހުން މީގެ ކުޑައިރުކޮޅެއަ ބުނިން ރައީސް އަވަހަރާވެފައި ވާތީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ފަރުބަދަ މަތީގައި އޮތް ޖަންގަޔަކަށް އެމަޖެންސީގައި ލޭންޑު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ލޭންޑް ކޮށްފައި ވަނީ އިރާނުގެ ރިމޯޓް އޭރިއާއެއް ނުވަތަ މީހުން އާބާދު ވެފައިނުވާ ދުރު ހިސާބަކަށެވެ. މޫސުން ގޯސްވުމުގެ ސަބަބުންނާއި މުވާސަލާތި ހިދުމަތް ނެތް ސަރަހަދެއްގަައި އެ ހާދިސާ ހިނގުމުގެ ސަބަބުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *