އިރާނުގެ ރައީސް، އިބްރާހިމް ރައިސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، ރައިސީ އަވަހާރަވެފައިވާ ކަމަށް އެގައުމުގެ ނޫސް ތަކުން ރިޕޯޓް ކޮށްފިއެވެ.
އިރާންގެ ގައުމީ މީޑިޔާ އައިއާރްއެންއޭ ނޫހުން މީގެ ކުޑައިރުކޮޅެއަ ބުނިން ރައީސް އަވަހަރާވެފައި ވާތީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ރައިސީއާ އެކު އެއް ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅަކު ތިއްބެވިއެވެ.
އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށް ފަހު އެނބުރި އީރާނަށް ވަޑައިގަންވަނިކޮށް، ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ވަނީ ފަރުބަދަ މަތީގައި އޮތް ޖަންޔަކަށް އެމަޖެންސީގައި ލޭންޑު ކޮށްފައެވެ.
ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލަ ތަކެއް ދިމާވުމުގެ ސަބަބުން ލޭންޑް ކޮށްފައި ވަނީ އިރާނުގެ ރިމޯޓް އޭރިއާއެއް ނުވަތަ މީހުން އާބާދު ވެފައިނުވާ ދުރު ހިސާބަކަށެވެ. މޫސުން ގޯސްވުމުގެ ސަބަބުންނާއި މުވާސަލާތި ހިދުމަތް ނެތް ސަރަހަދެއްގަައި އެ ހާދިސާ ހިނގުމުގެ ސަބަބުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ.
މޫސުމީ ދަތިތަކާއެކުވެސް އިރާނުގެ އަސްކަރިއްޔާއިން ވަނީ ރައީސް ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. އިރާންގެ ނޫސް ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިރާނިއަން ރިވޮލިއުޝަނަރީ ގާޑްސްގެ ސާބެރިއަން ސްޕެޝަލް ފޯސް އަދި 65 ވަނަ އެއާބޯން ސްޕެޝަލް ފޯސް ބްރިގޭޑް ސިފައިން ވަނީ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގައި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ފަށައިފައެވެ. މިއީ އިރާންގެ އަސްކަރިއްޔާގެ އެންމެ އެލީޓް ސިފައިން ކަމަށް އިރާންގެ ނޫސް ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.