މިރޭ ދަންވަރު އެކެއް ޖެހުމާއި ހަމައަށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފި

މިރޭ ދަންވަރު އެކެއް ޖެހުމާއި ހަމައަށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހި ގުގުރައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިރޭ ވަނީ ދަންވަރު އެކެއް ޖެހުމާއި ހަމައަށް ޔެލޯ އެލާޓް މުޅި ރާއްޖެއަށް ނެރެފައެވެ. ޔެލޯ އެލާޓުގައި މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ، މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް ބުނެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *