ކެބިނެޓަށް ބަދަލު ތަކެއް އަންނަން އުޅޭ ކަމުގެ އަޑު!

ކެބިނެޓަށް ބަދަލު ތަކެއް އަންނަން އުޅޭ ކަމުގެ އަޑު!

ރައީސުލްޖުމްޖޫރިއްޔާ ޑރ. މުހަންމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަން އުޅޭ ކަމުގެ އަޑު ގަދަ ވެއްޖެއެވެ.

ނަން ހާމަ ކުރަން ބޭނުންނުވާ ސަރުކާރުގެ ބަޔެއް ސީނިއަރ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް މުއިއްޒުގެ ކެބިނެޓުގެ ދެތިން މަގާމަކަށް ބަދަލު ގެނައުމުގެ މަޝްވަރާ ރައީސްއާ ހަމައިން މިހާރު ދަނީ ކޮންމެވެސް ވަރަކަށް ކުރަމުންނެވެ.

އެގޮތުން ކެބިނެޓަށް އަންނާނެ ބަދަލެއްގެ ގޮތުގައި އަޑު އިވެމުންދަނީ މިހާރު ޓޫރިޒަމް މިނިސްޓަރ އިބްރާހިމް  ފައިސަލްގެ ބަދަލުގައި އެ މަގާމަށް، މިހާރު ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރު ޓޫރިޒަމް މިނިސްޓަރަކަށް ބަދަލު ކުރެއްވުމާއި، މިހާރު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މުޙަންމަދު ޝަހީމް އަލީ ސައީދު، ފޮރިން މިނިސްޓަރު ކަމަށް ބަދަލު ކުރެއްވުމެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުގެ ވަޒީރުންގެ މަޖިލިސް ފުރަތަމަ އެކުލަވާލިއިރުވެސް ފޮރިން މިނިސްޓަރު ކަމަށް ޑރ. ޝަހީމް ގެނައުމަށް މަޝްވަރާ ކުރެވިފައިވެއެވެ. ޓޫރިޒަމް މިނިސްޓަރ ފައިސަލް ބަދަލު ކުރައްވާނެ ކަމަށް ބޮޑަށް ބެލެވެނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ކަމުގައިވެސް އަޑު ފެތުރިފައިވެއެވެ. ނަމަވެސް އެހެން މިނިސްޓްރީ އަކަށް ނުވަތަ އެހެން މަގާމަކަށް އައްޔަން ކުރެއްވުންވެސް ގާތް ކަމަށްވެއެވެ.

ކެބިނެޓަށް ބަދަލު ތަކެއް އަންނަން އުޅޭ ވާހަކައިގެ އަޑު ގަދަވެފައި ވިޔަސް، އެކަމާބެހޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރައްވައެވެ. ބަދަލުތަކެއް އަންނާނެ ކަމެއް ނުވަތަ ނާންނާނެ ކަމެއްވެސް ހާމާއެއް ނުކުރައްވައެވެ.

ސަރުކާރެއް ހިނގަމުން އަންނައިރު، ވަޒީރުން އެކި މިނިސްޓްރީ ތަކަށް ބަދަލު ކުރުމަކީ އާންމު ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކީތްވެގެންތޯ ރައީސް އޮފީހުގެ މިނިސްޓަރު، ކުރީގެ ހެލްތް މިނިސްޓަރު ނާޒިމް ކެބިނެޓަށް ނުގެނެވެންވީ؟ އަދި މިހާރުގެ ޔޫކޭ ސަފީރު އިރުތިޝާމް އަށް ފޮރިން މިނިސްޓަރުކަން ނުދޭންވީ ކީތްވެތޯ؟ ކީތްވެގެންތޯ ތިޔަ ފައިސަލްމެން ކިބައިން ސަލާމަތް ނުވެވެންވީ؟ އެއްވެސް އުރައްޕެއްނެތް ހުސް ބޮލަކަށް ވަޒީރުކަން ދެއްވައިގެން މުޅި ސަރުކާރު ބަދުނާމުވުން ނޫން ކަމެއް ނެތެއްނޫންތޯ؟ އަދި ސަސްޓެއިނަބަލް ޑިވެލޮޕްމެންޓަށް ވަކި ވުޒާރާއެއް ހައްދަވާ، ނާޒިމް އާ އެ ވުޒާރާ ޙަވާލު ކުރައްވާފައިޔާ، ދެމެހެއްޓެނިވި ލަނޑު ދަނޑިތައް ޙާޞިލުކުރުމަށް ފަންޑާއި ފައިނޭންސް ހޯދުމަށްވެސް ފަސޭހަ ފުޅުވާނެ. 2030 އަންނާކަށް މާގިނަދުވަހެއްނެތް. އެކަމަކު ލަނޑުދަނޑިތައް ހުރީ ވަރަށް ދަށުގައި. މީ ހަމަ ސަރުކާރަށް ހެޔޮއެދޭތީ ދިން ލަފައެއް.

Leave a Reply

Your email address will not be published. Required fields are marked *