އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު. ފޮޓޯ: އެންޑީޓީވީ

ދެގައުމުގެ ގުޅުން ގޯސް، އެކަމަކު ކުރިން އޮތްވަރަށް އެކުވެރި ވެވޭނެ ކަމުގެ އުއްމީދު ބޮޑު: އިންޑިޔާ

ދެގައުމުގެ ގުޅުން ގޯސް، އެކަމަކު ކުރިން އޮތްވަރަށް އެކުވެރި ވެވޭނެ ކަމުގެ އުއްމީދު ބޮޑު: އިންޑިޔާ

ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ޚިޔާލު ތަފާތުވުން ތަކުގެ ސަބަބުން ދެގައުމުގެ ގުޅުން ގޯސް ކަމަށާއި، ނަމަވެސް ކުރިއެކޭ އެއްގޮތަށް ދެގައުމުގެ މެދުގައި އަލުން އެކުވެރިކަން އިއާދަ ކުރެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް އިންޑިޔާއިން ބުނެފިއެވެ.

އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު ވިދާޅުވީ، ދެގައުމުގެ މެދުގައި އޮތް ގުޅުން މިހާރު ގޯސްވި ކަމަށް ވިޔަސް، އިންޑިޔާއިން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓު ތަކުގެ މަސައްކަތް ބަރާބަރަށް ކުރިއަށްދާ ކަމަށެވެ

ޖައިޝަންކަރު ވިދާޅުވީ އޭނާ ވަނީ ވަރަށް ފަހުން ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅު ކުރުމާ ގުޅޭގޮތުން މަޝްވަރާގެ ބައްދަލުވުން ތަކެއް ބާއްވާފައި ކަމަށެވެ. އޭނާ އެ ވިދާޅުވާ މަޝްވަރާގެ ބައްދަލުވުމަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއެކު މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގެ ވާހަކައެވެ.

އެ ބައްދަލުވުމަށްފަހު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއެކު ގުޅުން ބަދަހި ކުރަން އިންޑިޔާ އިން ބޭނުންވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *