ހަމުގެ ބައްޔެއްގައި ސިފަ ގެއްލުނު، 60 ގަޑިއިރުގެ އޮޕަރޭޝަނަށްފަހު ރީތި މީހެއް ކަމުގެ އިޙްސާސް!

ހަމުގެ ބައްޔެއްގައި ސިފަ ގެއްލުނު، 60 ގަޑިއިރުގެ އޮޕަރޭޝަނަށްފަހު ރީތި މީހެއް ކަމުގެ އިޙްސާސް!

ޓްރިނިޑާޑްގެ އަންހެނެއް ކަަމަށްވާ ޗާމައިނަށް ދިމާވި ސިއްހީ މައްސަލަ ތަކެއްގެ ސަބަބުން އެތައް ދުވަހެއް ވަންދެން، އެތައް ވޭނެއްގައި އުޅުމަށްފަހު މިހާރު ވަނީ ލުޔެއް ލިބިފައެވެ.

މިހާރު 43 އަހަރުގެ ދެކުންދިންގެ މައްމައަށް ދިމާވި މައްސަލަކީ މުޅި ގައިގައި ބޮޑެތި އުން ވައްތަރަތަށް ހުންނަ ބަބްލް ތަކެއް ނެގުމެވެ. އޭނާ ބުނީ އެކަމަކީ އޭނާގެ މަންމަގެ ކިބައިން ވާރުތަ ވެފައިވާ ކަމެއް ކަމަށެވެ. އޭނާގެ ގައިގައި އެތަކެތި ނަގަން ފެށީ އުމުރުން 13 އަހަރުން ފެށިގެން ކަމަށްވެސް ބުންޏެވެ.

ނަމަވެސް އެއެއްްޗެހި ނެގުން ކޮންޓްރޯލުން ނެއްޓި، މުޅި ހަށިގަނޑާއި މޫނާއި އަނގަ އާއި ނޭފަތާއި ލޯމައްޗަށް ފެތުރުނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ހިސާބުން ކަމަށްވެސް އޭނާ ބުންޏެވެ. އޭނާގެ ފައިގައި ނަގާފައި ހުރި އެއްޗެހީގެ ބޮޑު ކަމުން ހިނގަން ދަތިވެ، އެޅެނީ އެންމެ ދެ ފިޔަވަޅު ކަމަށްވެސް ބުންޏެވެ.

އަދި އަނގަ މަތީގަ އާއި އަނގައިގެ ތެރޭގައިވެސް އެތަކެތި ނެގުމުގެ ސަބަބުން ކާން ދަތިވެ، ވާހަކަ ނުދެއްކޭ ހިސާބަށް ދިޔަ ކަަމަށްވެސް ބުންޏެވެ. އަދި ނޭފަތްމަތީގައި ނެގި އެއްޗެހީގެ ސަބަބުން ނޭވާލާން ދަތިވެ، މަރުވަނީ ކަމަށް ހީވާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ލޯމަތީގައި އެތަކެތި ނެގުމުގެ ސަބަބުން ފެނުމަށް ދަތިވެފައިވާ ކަމަށްވެސް ބުންޏެވެ. އެކަމުގެ ސަބަބުން ބައެއް ފަހަރު ލޭ އަންނާތީ ހެދުން ލާންވެސް އުދަނގޫވެ، ހެނދުންވެސް ލާންޖެހެނީ ގައިގައި ނުޖެހޭ ގޮތަށް ކަމުގައި ބުންޏެވެ.

ގެއިން ނުކުންނަށް ނުކެރި، މީހުންގެ މަލާމާތާއި ފުރައްސާރައާއި ކުރިމަތިލާން ޖެހުނު ކަމަށްވެސް ބުންޏެވެ. އެކަމަށް ބޭސް ކުރުމަށްޓަކައި އެތައް ޑޮކްޓަރުންނަކަށް ދައްކައި، ބައެއް އެހެން ގައުމު ތަކަށް ދަތުރު ކޮށްގެންވެސް ލިބުނު ލުޔެއް ނެތެވެ.

އެންމެ ފަހުން އޭނާއަށް އެކަމުގައި އެކީތެރިވެ ދިނީ ކެލިފޯނިޔާގެ ޑޮކްޓަރެކެވެ. އެއީ ކަރުންމަތީގެ އޮޕަރޭޝަންއަށް ޚާއްސަ ޑޮކްޓަރެކެވެ. އޭނާ ފެނިގައި އެ ޑޮކްޓަރު ބުނެފައި ވަނީ އެފަދަ ކަމެއް އަދި އޭނާއަށް ފެނިފައިނުވާ ކަމަށާއި، އެކަން ރަަނގަޅު ކުރަން ކުރާނެ ކަމަކާމެދު ސިނކުޑީ ސުމަކަށް ދިޔަ ކަމަށެވެ. ނަމަވެސް އެކަމަށް ލުޔެއް ހޯދައި ދިނުމަށް އޭނާ ކުރި އާދޭހުގެ ސަބަބުން ރިސްކެއް ނަގައިގެން އެ މަސައްކަތުގައި ކުރިއަށް ދާން ނިންމީ ކަމަށްވެސް ޑޮކްޓަރު ބުނެފައިވެއެވެ.

އެހެން ކަމުން އެތައް ދުވަހެއްގެ ދިރާސާ ތަކަށްފަހު، 24 ޑޮކްޓަރުންގެ ޓީމަކާއެކު، އެ ޑޮކްޓަރު ޗާމައިންގެ އޮޕަރޭޝަން ފެށިއެވެ. އެ އޮޕަރޭޝަނަކީވެސް ރިސްކު ކުޑަ އޮޕަރޭޝަނެއްނޫނެވެ. އެއީ 60 ގަޑިއިރުގެ އޮޕަރޭޝަކަށް ވާތީއެވެ.

ނަމަވެސް 60 ގަޑިއިރުގެ އޮޕަރޭޝަނަށް ފަހު އޭނާގެ މޫނާއި ލޮލާއި އަނގަ އާއި ނޭފަތާއި ކަރާއި އަދިވެސް ހަށިގަނޑުގެ އެހެން ތަންތަނުގައި ހުރި ބޮޑެތި އެއްޗެހިތައް ނަގައި ކާމިޔާބު އޮޕަރޭޝަނެއް ޑޮކްޓަރުން ކުރިއެވެ.

އެކަަމަށް ޝުކުރު ވެރިވަމުން އޭނާ ބުނެފައި ވަނީ މިހާރު ހިނގޭ ކަމަށާއި، ކާންވެސް ފަސޭހަވެ، ވާހަކަ ދެއްކޭ ކަަމަށެވެ. އަދި މިހާރު އޭނާގެ ސޫރަ ލޯގަނޑުން ފެންނަ ކަމަށާއި، މޭކަޕްކޮށް ރީތި ވެވޭތީ އޭނާއަކީވެސް ރީތި މީހެއްްކަމުގެ އިހްސާސްތައް މިހާރު ކުރެވޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *