ސަލްމާން ޚާން އިންނަން އެހިކަމަށް ސައިގަލް ބުނުމުން ފާޑުކިޔުން ބޮޑު ވެއްޖެ

ސަލްމާން ޚާން އިންނަން އެހިކަމަށް ސައިގަލް ބުނުމުން ފާޑުކިޔުން ބޮޑު ވެއްޖެ

ބޮލީވުޑްގައި ހުރި އެންމެ މަޝްހޫރު ބަތޮލު ސަލްމާން ޚާން، އޭނާއާއި އިންނަން އެހިކަމަށް ޝަރްމިން ސައިގަލް ބުނެފިއެވެ.

ސަންޖޭ ލީސާ ބަންސާލީގެ "ހީރާ މާންޑީ" ގެ އެކްޓްރެސް ޝަރްމިން އަކީ ސަލްމާނަށްވުރެ އެތައް އަހަރެއް ހަގު އަންހެން ކުއްޖެއެވެ. އެހެން ކަމުން ސަލްމާން ޚާން އޭނާއަށް ޕްރޮޕޯސްކުރި ކަމަށް އިންޓަވިއު ތަކުގައި ބުނަމުން ދާތީ، އެއީ މަޝްހޫރުކަން ހޯދަންވެގެން ދައްކާ ވާހަކައެއް ކަމަށް ބުނެ އޭނާއަށް ފާޑުކިއުންތައް އަމާޒުވެ މައްސަލަ ވަނީ ގޯސްވެފައެވެ.

އެކަމާއި ގުޅިގެން އެ މައްސަލައިގައި އެންމެ ފަހުން ދިން އިންޓަވިއުގައި ޝަރްމިން ބުނެފައި ވަނީ، އޭނާ އެންމެ ފުރަތަމަ ބައްދަލުވި ސްޓާރަކީ ސަލްމާން ޚާން ކަމަށެވެ. އެއީ މީގެއެތައް އަހަރެއް ކުރިން ސަލްމާން ޚާން ކުޅުނު ފިލްމު "ހަމް ދިލްދޭޗުކޭ ސަނަމް" ގެ ޝޫޓިންގެ ތެރެއިން ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އޭރު އޭނާގެ އުމުރަކީ 2 ނުވަތަ 3 އަހަރު ކަމަށްވެސް ބުނެފައިވެއެވެ.

އެ ސެޓުން ދިމާވެގެން މަޖާޒީކޮށް "ވިލް ޔޫ މެރީ މީ" އޭ ބުނެ ސަލްމާންހާން އޭނާއަށް ޕްރޮޕޯޒް ކުރި ކަމަށާއި، އެކަމަށް އޭނާ ބުނީ ނޫނެކޭ ކަމަށްވެސް ޝަރްމިން ބުނެފައިވެއެވެ.

އޭނާ ބުނީ އެއީ ޖޯކެއްގެ ގޮތުގައި ހިނގައިދިޔަ ކަމެއް ކަމަށާއި، އެކަމުގައި މައްސަލަ ބޮޑުކޮށް، ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *