ލޯނު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ފިނޭންސް މިނިސްޓްރީ

150 މިލިޔަން ޑޮލަރުގެ ލޯނެއް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދީފި

150 މިލިޔަން ޑޮލަރުގެ ލޯނެއް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދީފި

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 150 މިލިޔަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

ސަރުކާރުން ބުނީ، މި 150 މިލިޔަން ޑޮލަރުގެ ލޯނަކީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމަށާއި، ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީ ކުރުމަށް ސައުދީ އަރަބިއްޔާގެ، ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް ފަންޑުން ރާއްޖެއަށް ދިން ލޯނެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލޯނުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުއެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއި ކޮށްފައި ވަނީ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދުއެވެ.

ލޯނު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ފިނޭންސް މިނިސްޓްރީ

މި އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދޭނެއެވެ. އަދި ސިއްހީ ދާއިރާގެ ތަރައްގީއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުގެ ސީއީއޯ ވިދާޅުވީ ވީއައިއޭ ތަރައްގީ ކުރުމަށް ހަމަޖެއްސި 100 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ މީގެކުރިން ފޯރުކޮށްދީފައިވާ އެހީއަށް އިތުރުކޮށްދޭ އެހީއެއް ކަމަށެވެ. އަދި ސިއްހީ ދާއިރާ ތަަރައްގީ ކުރުމަށް ދިން އެހީ އަކީ ރާއްޖޭގެ ރަށްރަށުގައި ފޯރުކޮށްދޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފޯރުކޮށްދޭ އެހީއެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *