ރަޙުމެއް ނެތް އަނިޔާވެރި އަމަލެއް- ބުޅަލެއް ފާރު މަތިން ހޫރާލައިފި

ރަޙުމެއް ނެތް އަނިޔާވެރި އަމަލެއް- ބުޅަލެއް ފާރު މަތިން ހޫރާލައިފި

ރާއްޖޭގެ ރަށެއްގައި ބުޅަލެއްގެ އަތުގައި ހިފައި އުސް ފާރެއްގެ މަތިން ހޫރާލާ މަންޒަރު ފެންނަ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި، އުސް ފާރުގެ މަތިން އަތުގެ ކޮޅަށް ބުޅާ ހޫރާލާފައި ވަނީ ދެކުނުގެ އަތޮޅުގެ ރަށެއްގައެވެ. ވީޑިޔޯއިން ފެންނަ ގޮތުގައި އެއީ އެ ރަށުގެ މައި މަގެއްގައި ހުރި ތަނެއްގެ ފާރެކެވެ.

ޖަނަވާރުންނަށް އަނިޔާ ކުރުމުގެ މައްސަލަ ތަކަކީ ފުލުހުންވެސް ބަލަމުންދާ މައްސަލަ ތަކެކެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަވެސް ފުލުހުންގެ ސަމާލު ކަމަށް ވަނީ ގެނެސްފައެވެ.

ބުޅަލަށް އަނިޔާ ކުރުމަކީ ރާއްޖޭގައި މިހާރު ވަރަށްގިނައިން ފެންނަ ކަމަކަށް ވަނީ ވެފައެވެ. ދާދިފަހުން މާލޭގައިވެސް ބުޅަލެއްގެ ބަނޑަށް މީހަކު ވަޅި ހަރާ މަންޒަރު ފެންނަ ވީޑިޔޯއެއްވެސް ދައުރުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *