ހުއްދަ ނެތި ހެލިކޮޕްޓާ އޮޕަރޭޓްކުރި ވާހަކަ އިންޑިޔާ ހައި ކޮމިޝަނުން ދޮގު ކޮށްފި

ހުއްދަ ނެތި ހެލިކޮޕްޓާ އޮޕަރޭޓްކުރި ވާހަކަ އިންޑިޔާ ހައި ކޮމިޝަނުން ދޮގު ކޮށްފި

އިންޑިޔާ އިން ރާއްޖެއަށް ދީފައިވާ ހެލިކޮޕްޓަރު، އެމްއެންޑީއެފްގެ ހުއްދަ ނެތި ، އިންޑިޔާ ސިފައިން އުދުއްސި ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނު ވިދާޅުވި ވާހަކަ ރާއްޖޭގައި ހުންނަ އިންޑިޔާ ހައި ކޮމިޝަނުން ދޮގު ކޮށްފިއެވެ.

ރައީސް އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެފައި ވަނީ، އިންޑިޔާ ސިފައިން، ވަނީ ދިވެހި ސަރުކާރުގެ ހުއްދަ ނުހޯދައި، ދިވެހި ސަރުކާރަށް ނޭނގި ހެލިކޮޕްޓަރު އޮޕަރޭޓް ކޮށްފައި ކަމަށެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބަލާފައި ވަނީ އޭނާ މަޖިލިސް މެންބަރަކަށް ހުންނެވިއިރު ކަމަށެވެ.

އިންޑިޔާ ހައި ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމްއެންޑީއެފްގެ ހުއްދަ ނުހޯދައި ހެލިކޮޕްޓަރު ދުވަހަކުވެސް އޮޕަރޭޓް ކޮށްފައި ނުވާނެ ކަމަށެވެ. އިންޑިޔާ ސިފައިން ހެލިކޮޕްޓަރު އޮޕަރޭޓް ކޮށްފައި ވަނީ އިޖުރާ އަތުގެ ތެރެއިން ކަމަށެވެ.

ހައި ކޮމިޝަނުން ބުނީ ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން އެ ފާހަގަ ކުރައްވާ ދަތުރަކީ އެމްއެންޑީއެފްގެ ހުއްދަ ލިބިގެން 2019 އޮކްޓޫބާ 09 ގައި ކުރި ދަތުރެއް ކަމަށެވެ.

ނަމަވެސް އެ ދަތުރުގައި ކުއްލި ހާލަތެއް ދިމާވުމުގެ ސަބަބުން އެމަޖެންސީގައި ވަނީ ތިމަރަފުށި އެއާޕޯޓަށް ލޭންޑު ކޮށްފައި ކަމަށެވެ. ލޭންޑް ކޮށްފައި ވަނީ އެމްއެންޑީއެފް އަދި އޭޓީސީގެ ހުއްދަ ހޯދައިގެން ކަމަށެވެ.

އެމެޖެންސީ ލޭންޑިން އެއް ކުރަން ޖެހުނީ ހެލިކޮޕްޓަރުގެ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށްވެސް ހައި ކޮމިޝަނުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *