އަރަތް: އަހަރެންނަކީ މުހިންމު އެއްޗެއްތަ؟

އަރަތް: އަހަރެންނަކީ މުހިންމު އެއްޗެއްތަ؟

އަހަރެން ތިބާ މެންނަށް މުހިންމު ކަންތައް ތަކެއް ކޮށްދެމުއެވެ. ތިބާ މެންގެ އަނބި ދަރީންނާއި, މައިން ބަފައިންގެ ޙިމާޔަތުގައި ރެއާއި ދުވާލު އަހަރެން އެހީތެރި ވަމުއެވެ. ލޯތްބާއެކު އަހަރެން އެކަން ކޮށްދިނުމުގައި ދެމި ހުންނަމުއެވެ.

ނަމަވެސް އަހަރެންނަށް ދޭންޖެހޭ ޤަދަރާމެދު ތިމާމެން ނުވިސްނަމުއެވެ. ތިބާމެން އަހަރެންގެ ގައިމަތީ ހިނގަނީވެސް ފައިވާނާއި ބޫޓްގައިކަން އިޙުސާސް ނުކުރަމުއެވެ. އޭގެ ސަބަބުން އަހަންނަށް ކުރާނެ އަސަރު ވިސްނައެއް ނުލަމުއެވެ. ހިތަށް އަރައިފި ނަމަ، އަހަރެން ގަޔަށް ކުޑަކަމު ވެސް ދަމުއެވެ. ބައެއް ފަހަރު ހޮޑުވެސް ލަމުއެވެ.

އަހަރެންގެ ޤަވާޢިދު ތަކަށް އިޙުތިރާމް ކުރަން ބުނީމާވެސް ބައެއް މީހުން އިޙުތިރާމެއް ނުކުރަމުއެވެ. އެކަމުގެ ސަބަބުން ބައެއް ފަހަރު އެބައި މީހުންނަށް އަދަބު ލިބޭތަންވެސް ތިބާމެން ދެކެމުއެވެ. ކާވަގުތު ވުމުން އަހަރެންނާއެކު ތިބޭ މީހުންނަށް އަހަރެންގެ ފަރާތުން ކާއެއްޗެއް ނުވަތަ ބޯ އެއްޗެއް ނަމަވެސް ދެމުއެވެ.

*އަހަރެންނަކީ މަތިންދާ ބޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *