ޒަމީރު، ޤަތަރުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ޒަމީރު، ޤަތަރުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ޤަތަރުގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ، ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލު ކުރައްވައިފިއެވެ.

ޒަމީރު ވަނީ މިއަދު ރަސްމީ ދަތުރުފުޅެއްގައި ޤަތަރަށް ވަޑައިގެންފައެވެ. މިއީ މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޤަތަރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ޒަމީރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ވަނީ ރާއްޖެ އާއި ޤަތަރުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށެވެ. އަދި ވަނީ ޤަތަރުން، ރާއްޖޭގެ އިޤްތިސޯދަށް ފޯރުކޮށްދޭ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ބައްދަލުވުމުގައި ވަނީ ދުނިޔޭގެ ކަންބޮޑުވުން ހުރި ކަންކަމާ ގުޅޭ ފޯރަމް ތަކުގައި މަޝްވަރާ ކޮށްގެން ކަންކަަން ހައްލު ކުރެއްވުމާ މެދު ދެގައުމުގެ މެދުގައި މަޝްވަރާ ކޮށްފައި ކަމަށެވެ. އަދި ފަލަސްތީނުގެ ގައްޒާ އަށް ގަތަރުން ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ އަގު ޒަމީރު ވަޒަން ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *