ހެލިކޮޕްޓަރު އުދުއްސަން ދެން ތިބޭނީ އެ އުފެއްދި ކުންފުނީގެ 76 މީހުން: ޒަމީރު

ހެލިކޮޕްޓަރު އުދުއްސަން ދެން ތިބޭނީ އެ އުފެއްދި ކުންފުނީގެ 76 މީހުން: ޒަމީރު

އިންޑިޔާއިން، ރާއްޖެއަށް ހަދިޔާ ކުރި މިލިޓަރީ ހެލިކޮޕްޓަރު އުދުއްސަން ނުވަތަ އެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ދެން ރާއްޖޭގައި ތިބޭނީ، އެ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މީހުން ކަމަށް ފޮރިން  މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އަދި އެމްއެންޑީއެފް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރާއްޖޭގައި، އިންޑިޔާ ތިން އެވިއޭޝަން ޕްލެޓްފޯމެއްގައި ތިބި 76 އިންޑިޔާ  ސިފައިން އަނބުރާ އިންޑިޔާއަަށް މިހާރު ގޮސްފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ އިންޑިޔާ ސިފައިންގެ ބަދަލުގައި ދެން ހެލިކޮޕްޓަރުގެ އޮޕަރޭޝަން ތަކުގައި އުޅޭނީ އިންޑިޔާގެ މަދަނީ މީހުން ކަމަށެވެ. އެ މަދަނީންނަކީ ހެލިކޮޕްޓަރު އުފެއްދި ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑް ކުންފުނީގެ މުވައްޒަފުން،" ޒަމީރު ވިދާޅުވިއެވެ.

މަދަނީ މީހުންގެ "ސިފަ ޖެހިގެން" އިންޑިޔާގެ ސިފައިން އެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ނުތިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އިންޑިޔާ ސިފައިންވެސް އައިސް ތިބީ އޮޅުވާލައިގެނެއް ނޫން ދެއްތޯ؟ އެހެންވީމާ، އިންޑިޔާގެ މަދަނީ މީހުންނޭ އިންޑިޔާ ސަރުކާރުން ބުނީމާ އަޅުގަނޑުމެން ގަބޫލު ކުރަންނުޖެހޭ ސަބަބެއް ނެތް ދެއްތޯ؟،" ޒަމީރު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *