އިންޑިޔާއަށް ފުރީ 76 ސިފައިން، ބަދަލުގައި 76 މަދަނީން އަތުވެއްޖެ: ޒަމީރު

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ އިންޑިޔާއަށް ފޮނުވާލައި ނިމިފައިވާ ކަމަށާއި، އެގޮތުން ޖުމްލަ 76 ސިފައިން އެނބުރި އިންޑިޔާއަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޒަމީރު ވިދާޅުވީ 76 ސިފައިން އަނބުރާ އިންޑިޔާއަށް ގޮސްފައިވާއިރު، ދިޔަ ސިފައިންގެ ބަދަލުގައި ރާއްޖެ އައީ މަދަނީން ކަމަށެވެ. އަދި މަދަނީންގެ ގޮތުގައި އައިސްފައި ވަނީވެސް އެނބުރި އިންޑިޔާއަށްދިޔަ ސިފައިންގެ އަދަދު ކަމަށްވާ 76 މަދަނީން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ އިންޑިޔާ ސިފައިން ތިބީ ހަނިމާދޫ އާއި ކައްދޫގެ އިތުރުން ގަމުގައި ކަމަށެވެ. އެގޮތުން ގަމުން 26 ސިފައިން، ހަނިމާދޫ އިން 25 ސިފައިން، ހުސްވި މާޗު މަހާއި އޭޕްރީލް މަހުގައި ފައިބައިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އެއަށްފަހު މި ހަފްތާގެ ތެރޭގައި އެންމެ ފަހުން ތިބި 13 ސިފައިންވެސް ފުރާފައިވާ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާ ސިފައިން ތިބީ ހަނިމާދުއާއި ކައްދު އާއި ގަމުން ކަމަށެވެ. އެގޮތުން ހަތެއް މާޗުގައި އާއި ނުވައެއް މާޗުގައި ގަމުން 26 ސިފައިންނާއި އޭޕްރިލް މަހުގެ ހަތެކާއި ނުވައެއްގައި ތެރޭގައި ހަނިމާދުއިން 25 ސިފައިން ފޭބި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މީހުންގެ ބަދަލުގައި ސިވިލިއަނުން މިހާރު އެ ތިބީ ކޮންމެ މީހަކަށް މީހަކު އައިސް" ޒަމީރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *