ފިޝަރީޒް ކޮލެޖުގެ ކިޔެވުން ޖުލައި މަހު ފަށަނީ

ފިޝަރީޒް ކޮލެޖުގެ ކިޔެވުން ޖުލައި މަހު ފަށަނީ

މިއަންނަ ޖުލައި މަހުގައި، މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ (އެމްއެންޔޫ)ގެ ޕްރޮގްރާމް ތަކެއްގެ ގޮތުގައި ފިޝަރީޒް ކޮލެޖުގެ ކިޔެވުން ފެށިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ ފިޝަރީޒް ކޮލެޖޭ ކިޔާފައި ބޯޑެއް އެޅުވުމުގެ ބަދަލުގައި ފިޝަރީޒާއި ގުޅުން ހުރި ޕްރޮގްރާމްތައް އެމްއެންޔޫއާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

"މިވަގުތު ބޭނުން ވަނީ އެމްއެންޔޫގެ ޕްރޮގްރާމް ތަކެއް ގޮތުގައި މި ޕްރޮގްރާމްތައް ކުރިއަށް ގެންދަން. އަޅުގަނޑުމެންނަށް ކޮލެޖޭ ކިޔާފައި ބޯޑެއް އެޅުވިދާނެ. އަޅުގަނޑުމެން ބޭނުން އެހެން ގައުމު ތަކުގެ އަދި ޔުނިވާރސިޓީ ތަކުގެ އެފިލިއޭޝަން. އެ މަސައްކަތް އެބަދޭ ކުރިއަށް," ޝިޔާމް ވިދާޅުވިއެވެ.

"ޖުލައި މަހު ފިޝަރީޒް ކޮލެޖުގެ ޕްރޮގްރާމްތައް އަންނަ އިރުގައި މާސްޓާސް ފިޝަމަންއާއި ހިސާބަށް, ފިޝަރީޒް މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޓިވްލީ ކުރަންޖެހޭ ކަންތައްތަކާއި ފައިނޭޝަލް މެނޭޖްމަންޓާއި, ދޯންޏެއްގެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ކަރިކިއުލަމް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ." ޝިޔާމް ވިދާޅުވިއެވެ.

އެމްއެންޔޫގައި ފިޝަރީޒް ކޮމްޕޯނެންޓް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގައި ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ފިޝަރީޒް މިނިސްޓްރީގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިވަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *