790 ދަރިވަރުން ރަށު ސްކޫލް ދޫކޮށް މާލޭގެ ސްކޫލް ތަކަށް ބަދަލުވާން އެދިއްޖެ

790 ދަރިވަރުން ރަށު ސްކޫލް ދޫކޮށް މާލޭގެ ސްކޫލް ތަކަށް ބަދަލުވާން އެދިއްޖެ

ރަށްރަށުން މާލޭ ސްކޫލު ތަކަށް ބަދަލުވާން 790 އަށްވުރެ ގިނަ ކުދިންގެ ފޯމު ހުށަހަޅައިފިއެވެ.

ރަށްރަށުން މާލޭގެ ސްކޫލު ތަކަށް ބަދަލުވާން ބޭނުންވާ ކުދިންނަށާއި މާލޭގެ ސްކޫލް ތަކުގެ ގްރޭޑް 1 އަށް ވަންނަން ބޭނުންވާ ކުދިން އަދި މާލޭގެ އެކި ސްކޫލްތައް ބަދަލު ކުރަން ބޭނުންވާ ކުދިން ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ އަންނަ އަންގާރަ ދުވަހެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ އާންމު ކުރި ތަފާސް ހިސާބު ތަކުގައިވާ ގޮތުން މާލެ ސަރަހައްގެ ސްކޫލް ތަކުގެ ގްރޭޑް 1 އަށް ވަންނަން 2،290 ފޯމު އަދި ގްރޭޑް 1 ފިޔަވައި އެހެން ގްރޭޑް ތަކުން ޖާގަ ހޯދަން 1،450 ކުދިން ވަނީ ފޯމު ހުށަހަޅައިފައެވެ. އަދި މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ވަންނަން 660 ކުދިން ފޯމު ހުށަހަޅާފައިވެއެވެ.

މިނިސްޓްރީ އިން ބުނީ، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްގެ ޖަވާބު މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ފޮނުވާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *