އަހަންމާ ކަލޯގެ އަރަތް: ހަަދިޔާ!

އަހަންމާ ކަލޯގެ އަރަތް: ހަަދިޔާ!

އަހަރެންގެ ބޭނުން ގިނަ މީހުން ހިފައެވެ. އަހަރެން ބޭނުންވާހައި މީހަކަށް  އަހަރެން ނުލިބެއެވެ. އަހަރެން މިއީ މުޅި ދުނިޔެއަށް މަޝްހޫރު އެއްޗެކެވެ.

ބޮޑެތި ވިޔަފާރި ވެރިން އަހަރެން ހޯދައެވެ. ދުނިޔޭގެ އެތައް މިތަނަށް އެބައި މީހުން ދަތުރު ކުރެއެވެ. ބައެއް ފަހަރު އެބައި މީހުން އަހަރެން ހޯދައެވެ. އަނެއްބައި ފަހަރު ކާމިޔާބެއް ނުވެއެވެ. އަހަރެންގެ ސިފައިގައި ހުންނަ  ތަފާތު ވައްތަރުތައް ހުރެއެވެ. އަހަރެންނަކީ ވަރަށް އަގުހުރި އެއްޗެކެވެ.

ބޭސްވެރި ކަމުގައި ވެސް ވަރަށް މުހިންމު ރޯލެއް އަހަރެން އަދާ ކުރަމުއެވެ. ކޮންމެ މީހަކުވެސް އަހަރެންގެ އެހީ ބޭނުން ކުރަނީ އެމީހުންގެ އުފަލަށެވެ. އެމީހުންގެ ޞިއްޙަތުގެ ދުޅަހެޔޮ ކަމަށެވެ. އަހަރެންގެ ބޭނުން ކޮށްގެން ވަރަށް އަގުހުރި ދިޔާތަކެތި ވެސް އުފައްދައެވެ. އެކިއެކި ޙަފުލާ ތަކަށް ދާއިރުވެސް ވަރަށް ގިނަ މީހުން އަހަރެންގެ ބޭނުން ކުރެއެވެ.

އަހަރެން ނުލިބޭނަމަ އެމީހުންގެ އުފާވެރިކަމަށް ބުރޫއަރައެވެ. އެކި އެކި ރަށްޓެހިންނަށް ހަދިޔާގެ ގޮތުގައި ވެސް އަހަރެންގެ ފަރާތުން ތައްޔާރު ކުރެވޭ ތަކެތި ދެއެވެ.

" އަހަރެންނަކީ މާވަހަރެވެ. "

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *