ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި: ހީނާ

ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި: ހީނާ

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްގީ ކުރި ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭ މީހުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި ކަމަށް ރައީސްގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަގިރީގައި މިހާރު ހުރި ވަސީލަތްތައް މަދުވުމުންނާއި ކުޑަގިރީގައި ހުރި ދަތި ތަކުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެކަންކަން ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ކުޑަގިރި މިހާރަށްވުރެ ފުރިހަމަ ޚިދުމަތްތަކެއް ލިބޭ ގޮތަށް ތަރައްގީ ކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

"ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި" ހީނާ ވިދާޅުވިއެވެ.

ކުޑަގިރިއަކީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރި ތަނެކެވެ. ކުޑަގިރި ޕިކްނިކް އައިލެންޑުގެ ގޮތުގައި ތަރައްގީކޮށް ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ގަ އެވެ. އެތަން ހުޅުވައިދެއްވީ ރައީސް ސޯލިހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *