12 އަހަރުގެ ކުއްޖަކަަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަން ފަށައިފި

12 އަހަރުގެ ކުއްޖަކަަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަން ފަށައިފި

ބާރަ އަހަރުގެ ކުއްޖަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެއީ ގއ. ގދ. ޏ. އަދި ސ. ގައި ހިމެނޭ ރަށަކުން ހުށަހެޅި މައްސަލައެއް ކަމަށެވެ. ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހަށް  ހުށަހަޅާފައި ވަނީ މިމަހު 28 ގައެވެ. ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން  ކުއްޖާގެ އަދި މައްސަލަ ހުށަހެޅުނު އަތޮޅާއި ރަށް ހާމަ ކުރެވެން ނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *