ރާއްޖެ ޓީވީ އަންދާލާނެ ކަމުގެ އިންޒާރެއް

ރާއްޖެ ޓީވީ އަންދާލާނެ ކަމުގެ އިންޒާރެއް

ރާއްޖޭގެ އަމިއްލަ ޓީވީ ސްޓޭޝަނެއް ކަމަށްވާ "ރާއްޖެ ޓީވީ" އަންދާލާނެ ކަމަށް ބުނެ މީހަކު އިންޒާރު ދީފިއެވެ.

ރާއްޖެ ޓީވީގައި މަސައްކަތްކުރާ ނޫސްވެރިއަކު އިއްޔެ ވަނީ އެކްސްގައި އެ ޓީވީ ސްޓޭޝަންގެ ދުވަސް ދުއްވާލާނެ ކަމަށް ބުނެ މީހަކު ފޭސްބުކުގައި ކުރި ކޮމެންޓް ސޯޝަލް މީޑިޔާގައި އާންމު ކޮށްފައެވެ.

"މިފަހަރު ރާއްޖެ ޓީވީގެ ދުވަސް ދުއްވާލާނަން، ހުޅު ޖަހާނަން، ތި* ހުންނާތި މިފަހަރު ހޭއަރުވާލާނަން. މީ އަހަރުމެންގެ ވެރިކަން" އިންޒާރު ދިން މީހާ ބުނެފައިވެއެވެ.

އެ އިންޒާރު ދީފައި ވަނީ ފޭކު އައިޑީ އަކުންނެވެ.

ރާއްޖެ ޓީވީން، ފުލުހަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ޓީވީ ސްޓޭޝަނަށް ދިން އިންޒާރަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެ މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެދޭ ކަމަށެވެ. އަދި ވަނީ ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް އެދިފައެވެ.

ރާއްޖެ ޓީވީގައި 2011 ވަނަ އަހަރުވެސް ބަޔަކު ވަނީ ހުޅުޖަހައިފައެވެ. އެ ހާދިސާއަށް އަދިވެސް އިންސާފު ލިބިފައިނުވާ ކަމަށްބުނެ ރާއްޖެ ޓީވީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *