ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދޭން ނިންމައިފި

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދޭން ނިންމައިފި

ސްޓޫޑެންޓް ލޯނަށް އެޕްލައިކުރާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިންމަވައިފިއެވެ.

"އަހާ ފޯރަމް" ގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ މަރްޔަމް މާރިޔާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރަން ނިންމަވާފައި ކަމަށެވެ. ރައީސް މުއިއްޒުގެ  އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަ ކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.ރ

ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިއަހަރު ހުޅުވާލާފައިވަނީ 500 ޖާގައެވެ. ސްޓޭޑަންޓް ލޯނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ދެން ހަމަވާނީ އަންނަ ބުރާސްފަތި (މެއި 2) ދުވަހު މެންދުރުފަހު 1:30 އަށެވެ.

އެ ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދި ހުށަހެޅެ އެވެ. އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދި ލޯނަށް ހުށަހެޅޭނެ އެވެ. ހަޔާރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުސަތު ހާއްސަކޮށްފައެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ހާއްސަކޮށްފައިވަނީ 130 ފުރުސަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *