ބިދޭސީންގެ ފޮޓޯ އާއި ފިންގަރ ޕްރިންޓް ނެގުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

ބިދޭސީންގެ ފޮޓޯ އާއި ފިންގަރ ޕްރިންޓް ނެގުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ހުރިބާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހުރިހާ ބިދޭސީންގެ ފޮޓޯއާއި ފިންގާ ޕްރިންޓް ނެގުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި، ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ސަރުކާރުން ވަނީ ގަވާއިދާހިލާފަށް އުޅޭ ބިދޭސީން، ގަވާއިދުގެ ތެރެއަށް ވެއްދޭނެ އިންތިޒާމު ތަކެއް ވެސް ހަމަޖައްސައިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން ހަމަޖައްސައިދީފައިވާ އެ ފުރުސަތުގެ ބޭނުން ނުހިފާ މީހުން ރާއްޖެއިން ޑީޕޯޓްކޮށްލާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އެއްފަހަރާ ފަށާނަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި. ދާއިރު ކައުންސިލާއި ރަށު އޮފީހާ ގުޅިގެން، އެ ރަށެއްގައި ގަވައިދާ އެއްގޮތަށް ވެސް ގަވާއިދާ ހިލާފަށް ވެސް އުޅޭ މީހުންގެ ވެސް ޕިންގާ ޕްރިންޓް ނަގާފައި ފޮޓޯ ނަގާނެ،" އިހުސާން ވިދާޅުވިއެވެ.

"މާނައަކީ ފިލައިގެން އުޅެނީ. އެއްވެސް ވަރަކަށް ރަސްމީ ކުންފުންޏެއްގައި މަސައްކަތެއް ނުކުރޭ. ފައިސާ އެއްޗެހި ގަވާއިދާ ހިލާފަށް ބޭރުކުރަނީ. މިގޮތަށް އުޅޭ މީހުންނަށް ވެސް އަޅުގަނޑުމެން ފުރުސަތު ދޭނަން އޭނާ ގަވާއިދުގެ ތެރެއަަށް ވަންނަން. އެ ފުރުސަތަށް ބޯނުލަނބާ ނަމަ އޭނާ ޑީޕޯޓްކޮށްލާނީ، އިހުސާން ވިދާޅުވިއެވެ.

ސަރުކާރުން އަމާޒު ހިފައިފައިވަނީ ތިން އަހަރުގެ ތެރޭގައި ގަވާއިދާހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް ބިދޭސީންގެ އަތުގައި އެ މީހުންނަކީ ކާކުކަން ސާބިތުކޮށްދޭނެ ލިޔެކިޔުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *