ކޯޓުގައި ކުރިޔަށްދިޔަ ޝަރީއަތުގެ މަޖިލީހެއްގައި ޔަމީން އަރިހުގައި ޝިޔާޒް

ޔާމީންގެ ވަކީލު ޝިޔާޒަށް ސްޓޭޓް މިނިސްޓަރުކަން ދީފި

ޔާމީންގެ ވަކީލު ޝިޔާޒަށް ސްޓޭޓް މިނިސްޓަރުކަން ދީފި

ޕީއެންއެފްގެ ބާނީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގަތްޔޫމްގެ ޤާނޫނީ ޓީމުގައި އިސްކޮށް އުޅުއްވާ އަބްދުﷲ ޝިޔާޒަށް ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ޝިޔާޒަށް ދީފައިވާކަން ރައީސް އޮފީހުން ވަނީ މީޑިޔާ ތަކަށް ކަށަވަރުކޮށް ދެއްވާފައެވެ. ޔާމީންގެ ވެރިކަމުގައިވެސް ޝިޔާޒް ހުންނެވީ އިކޮނޮމިކް މިނިސްޓްރީގައެވެ. ނަމަވެސް އޭރު އަދާކުރެއްވީ އެ މިނިސްޓްރީގެ ކޯޑިނޭޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރު ކަމެވެ.

ޔާމީންގެ ޝަރީއަތްތައް ކުރިޔަށް ދިޔައިރު ޝިޔާޒަކީ، އެމަނިކުފާނުގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ވަކީލެކެވެ. ޝިޔާޒް ސަރުކާރާއި ގުޅުނުއިރު، ޔާމީން ވަނީ އާ ސިޔާސީ ޕާޓީއެއްވެސް އުފައްދާފައެވެ. ނަމަވެސް ޝިޔާޒް މިހާރު އެވަނީ ޔާމީން ދޫކުރައްވައި ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ސަރުކާރާ ގުޅިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *