ޗައިނާއާއެކު 20 އެއްބަސްވުމެއް އެބައޮތް، އެއީ ތަރައްގީއާބެހޭ އެއްބަސްވުން ތަކެއް: ހީނާ

ޗައިނާއާއެކު 20 އެއްބަސްވުމެއް އެބައޮތް، އެއީ ތަރައްގީއާބެހޭ އެއްބަސްވުން ތަކެއް: ހީނާ

މި ސަރުކާރުން ޗައިނާއާއެކު 20 އެއްބަސްވުމެއް ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނިއުސްކޮންފަރެންސްގައި، މި ސަރުކާރުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުން ތަކުގެ މައުލޫމާތު ހާމަ ކޮށްފައިނުވާ ކަމަށްބުނެ، ނޫސްވެރިއަކު ކުރި ސުވާލާއި ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޗައިނާއާއެކު ހަދާފައިވާ އެއްބަސްވުން ތަކަކީ ތަރައްގީއާއި ގުޅުން ހުރި މުހިއްމު އެއްބަސްވުން ތަކެއް ކަމަށެވެ. އެ އެއްބަސްވުންތައް ކުރިއަށް އޮތް ތަނުގައި ހާމަ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ވީހާވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުން ކަމަށެވެ. ނަމަވެސް އެކަމަށްޓަކައި ޤާނޫނީ އުސޫލު ތަކެއް އޮންނަ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ބައެއް މައުލޫމާތު ތަކަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީއަށް ދޭންޖެހޭ މައުލޫމާތު ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ކުރިއަށް އޮތްތަނުގައި ސަރުކާރުން ހަދާފައިވާ އެބަސްވުންތައް ހާމަ ކުރައްވާނެ ކަމަށާއި އޭގެތެރޭގައި އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތައް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *