މިއަދަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ވެއްދުން މިއަދުން ފެށިގެން ނޫސްވެރިންނަށް މަނާކޮށްފިއެވެ.
މިއީ މިފަދަ އެންގުމެއް ރައީސް އޮފީހުން ނޫސްވެރިންނަށް އެންގި ފުރަތަމަ ފަހަރެވެ.
އެގޮތަށް ފޯނު ވެއްދުނު މަނާ ކުރީ ތިން މަސް ދުވަހަށް ފަހު ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި މިއަދު ބާއްވަމުން ގެންދާ ނިއުސްކޮންފަރެންސްގައެވެ. އެކަމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.