ޕީއެންއެފްގެ ބައްދަލުވުމެއްގައި މަލީހު، ޒެއިން އަދި ޑރ ޖަމީލް

މުއިއްޒުގެ ތަރި އޮއްސެން ފަށައިފި، އަވަހަށް އެރީމަ ވެއްޓޭލެއް އަވަސްވާނެ: މަލީހު

މުއިއްޒުގެ ތަރި އޮއްސެން ފަށައިފި، އަވަހަށް އެރީމަ ވެއްޓޭލެއް އަވަސްވާނެ: މަލީހު

ރައީސް ޑރ މުޙަންމަދު މުއިއްޒުގެ "ތަރި އޮއްސެން ފަށައިފި" ކަމަށް ޔާމީންގެ ޕީއެންއެފް ހިންގުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި މަލީހު ކުރެއްވި ޕޯސްޓަކަށް މީހަކު ކޮށްފައިވާ ކޮމެންޓަކަށް ޖަވާބު ދެއްވަމުން މަލީހު ވިދާޅުވީ "މުއިއްޒުގެ ތަރި އޮއްސެން މިހާރުވެސް ފަށައިފި" ކަމަށެވެ. އަދި ވިދާޅުވީ "އަވަހަށް އެރީމަ ވެއްޓޭލެއްވެސް އަވަސް ވާނެ" ކަމަށެވެ.

ރައީސް މުއިއްޒުގެ ތަރި އޮއްސެން ފަށައިފި ކަމަށް މަލީހު ވިދާޅުވީ ސަރުކާރަށް ތާއީދު އޮތް މެމްބަރުންގެ ކާމިޔާބީ ފާހަގަ ކުރުމަށް ހަވާ އެރުވުމުގެ ކުޅިވަރުތައް ކުރިއަށްދާތީ އެކަމަށް ފާޑު ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ. މަލީހު ވިދާޅުވީ ސަރުކާރު މެމްބަރުންގެ ހަވާ އަރުވައި ނިމޭއިރު 11 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *