ކެމްޕޭނު އޮފީހުގައި ރޯކޮށްލި މީހާ ހައްޔަރު ކުރީ ރާއްޖެ ދޫކޮށް ފިލަން އެއާޕޯޓަށް ގޮސް ހުއްޓަ

ކެމްޕޭނު އޮފީހުގައި ރޯކޮށްލި މީހާ ހައްޔަރު ކުރީ ރާއްޖެ ދޫކޮށް ފިލަން އެއާޕޯޓަށް ގޮސް ހުއްޓަ

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ދެކުނަށް ވާދަކުރި ކެންޑިޑޭޓު ފަރުހަތު މުހައްމަދު ޖަގަހައިގައި ރޯކޮށްލި މީހާ ހައްޔަރު ކުރީ ރާއްޖެއިން ބޭރަށް ފިލުމަށް އެއާޕޯޓަށް ގޮސް ހުއްޓާ ކަމަށް ފުލުހުން ބުނެފިއެވެ.

ކެމްޕޭން އޮފީހުގައި ރޯކޮށްލި މައްސަލައިގައި ފުލުހުން އިއްޔެ ވަނީ، ކުޅުއްދުއްފުށި، ހީނާމާގެ، އަންވަރު މުހައްމަދު (31އ) ހައްޔަރު ކޮށްފައެވެ. ފުލުހުން މިއަދު ވަނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ. އަންވަރުގެ މައްޗަށް ކުރަނީ ގަސްދުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ. ކުރިމިނަލް ކޯޓުން ވަނީ އަންވަރުގެ ބަންދަށް 10 ދުވަސް މިއަދު ޖަހައިދީފައެވެ.

"މީނާއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ހުރިއިރު އެހެން ރަށަކަށް ގޮސް ފަރުވާ ހޯދި ކަމަށާއި ހާޒިރު ވުމަށް އަންގާ ޗިޓް ފޮނުވުމުންވެސް ހާޒިރުނުވާ ކަމަށާއި މައްސަލައަށް ފިލައިގެން ރާއްޖެއިން ބޭރަށްދާން ގޮސް ހުއްޓައި ހައްޔަރު ކުރެވިފައިވާ ކަމަށް އައިއޯ ބުނެފައިވޭ" ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އަންވަރު ކޯޓުގައި ބުނީ ފުލުހުން ފޮނުވި ޗިޓާ ހަވާލުވެފައި ނުވާނެ ކަމަށާއި ޗިޓާ ހަވާލުވީ އޭނާގެ ކޮއްކޮ ކަމަށެވެ. އަދި ބުނީ ރާއްޖެއިން ބޭރަށް ގޮސް ފިލުމަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި އެއާޕޯޓަށް ގޮސް ހުރީ އޭނާގެ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *