ފޮނަދޫ އާއި ގަން ސިޓީ އަކަށް ބަދަލު ކުރުން- ދެން މި ދާއިރާއިން ހޮވާނީ މޭޔަރެއް: ފައިސަލް

ފޮނަދޫ އާއި ގަން ސިޓީ އަކަށް ބަދަލު ކުރުން- ދެން މި ދާއިރާއިން ހޮވާނީ މޭޔަރެއް: ފައިސަލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ވިސްނުންފުޅަކީ ލ. ގަމާއި ފޮނަދޫ ސިޓީ އަކަށް ބަދަލުކޮށް، ލ. އަތޮޅުން ފެންވަރު ރަނގަޅު ޚިދުމަތްތައް ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ފޮނަދޫގައި މިއަދު ބޭއްވި އެއްވުމުގައި ފައިސަލް ވިދާޅުވީ އޭނާ ދެން އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ އެއްފަސްކޮށް އޮންނަ ގަން ފޮނަދޫ ސިޓީ އަކަށް ބަދަލުވާ ދުވަސް ކަމަށެވެ.

"އަޅުގަނޑު ދެކެން ބޭނުން ވަނީ ގަން ފޮނަދޫ ސިޓީ އަކަށް ވެގެންދާ ތަން. އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރު ކަމުގެ އިންތިހާބު. ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލު ކުރެވި މިތަނުގައި އަޅުގަނޑުމެން އިންތިޚާބު ކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ފޮނަދޫ އާއި ގަން، ސިޓީއަކަށް ބަދަލު ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތް ތަކެއް މި ސަރުކާރުން ގާއިމު ކޮށްދޭނެ ކަމަށެވެ. އެގޮތުން ހޮސްޕިޓަލް ތަކާއި، ބޯހިޔާވަހިކަމާއި، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ސަރުކާރުން ގާއިމުކޮށް ދޭނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ބާރުވެރިކަން އޮތީ ލ. އަތޮޅުގައި ކަމަށާއި، އެއީ އެ ތަރައްގީ ޔަގީންވާ މައިގަނޑު ސަބަބު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *