މަލީހު (ވ) އާއި ޒެއިން

ސަރުކާރު މެމްބަރުން ހަވާ އަރުވައި ނިމޭއިރު 11 މިލިޔަން ރުފިޔާ ޚަރަދުވާނެ: މަލީހު

ސަރުކާރު މެމްބަރުން ހަވާ އަރުވައި ނިމޭއިރު 11 މިލިޔަން ރުފިޔާ ޚަރަދުވާނެ: މަލީހު

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވަމުން އަންނަ ހަވާ އެރުވުމުގެ ކަންކަން ނިމޭއިރު 11 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ޕީއެންއެފް ހިންގެވުމުގައި އިސްރޯލެއް އަދާކުރައްވާ ކުރީގެ މިނިސްޓަރ މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ ކާމިޔާބީ ފާހަގަ ކުރުމުގެ އެކި ދާއިރާ ތަކުގައި ހަވާ އެރުވުން ކުރިއަށްދާއިރު، އެކަމާބެހޭ ގޮތުން ސޯޝަލް މީޑިޔާގައި މަލީހު ވިދާޅުވީ ހަވާ އެރުވުން އާންމު ކަމަކަށް ވުމުން އުފާ ކުރައްވާ ކަމަށާއި އަދި އެކަމުގެ ތަފްސީލު ލިބުމުން މާބޮޑަށް އުފާ ކުރައްވާނެ ކަމަށެވެ. އަދި އާންމުކޮށް ހަވާ އަރުވަނީ ތިން މިނިޓް ނޫނީ ފަސް މިނިޓަށް ކަމުގައިވެސް ވިދާޅުވިއެވެ. އެއާއެކު "މިނިޓަކަށް ހަވާ އެރުވުމުގެ އަގު ރާއްޖޭގައި އުޅޭވަރު އެނގޭ ބޭފުޅަކު އެބަހުރިތޯ" ވިދާޅުވެ ސޯޝަލް މީޑިޔާއަށް މަލީހު ދޫކޮށްލެއްވީ ސުވާލެކެވެ.

ދެން ވިދާޅުވީ ސަރުކާރު މެމްބަރުންނަށް ހަވާ އަރުވަން 11 މިލިޔަން ރުފިޔާ ދާއިރު އެއީ ހަމައެކަނި ބަޑިބޭހަށް ދާވަރު ކަމަށެވެ.

"ތައްޔާރީ ތަކަށާއި އެހެނިހެން ޚަރަދު އެއްކުރީމަ މިވެސް ހަމަ ރަނގަޅު ވަރެއްގެ ޕްރޮޖެކްޓެއް. ޓެކްސް ފައިސާއަށް ޒިންމާދާރު ކުރުވުން އެއީ ރައްޔިތުން ވިސްނަވާނެ ކަމެއް" މަލީހު ވިދާޅުވިއެވެ.

ނިމިގެންދިޔަ މަޖިލިސް އިންތިޚާބުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީ އިން ވަނީ ހޯދާފައެވެ. އެއާއެކު އެ ޕާޓީން ދަނީ ކާމިޔާބުވި ދާއިރާ ތަކުގައި ބަޑިބޭހުގެ ކުޅިވަރު ބާއްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *