ޔާމީންގެ ޕީއެންއެފް ރަޖިސްޓްރީ ކޮށްދީފި

ޔާމީންގެ ޕީއެންއެފް ރަޖިސްޓްރީ ކޮށްދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ރަޖިސްޓްރީ ކޮށްދީފިއެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ ޔާމީންގެ ދަރިކަލުން ޒެއިންއަށް އީސީ އިން، ދީފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޕީއެންއެފް އުފެއްދުމަށް ޖަލްސާ ބާއްވާފައި ވަނީ މިމަހުގެ ނުވަނަ ދުވަހުގެ ރޭއެވެ. އެރޭ ވަނީ ޕާޓީގެ މަގާމުތަކަށް ވަގުތީ ގޮތުން މީހުން އިންތިޚާބުވެސް ކޮށްފައެވެ.

ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގައިވާ ބަޔާން ކޮށްފައިވާ ގޮތަށް އީސީ އިން މިއަދު ވަނީ ޒެއިންގެ ނަމުގައި ޕީއެންއެފް ރަޖިސްޓްރީ ކޮށްދީފައެވެ. ޕީއެންއެފްއަކީ ޔާމީން އިސްވެ ހުންނަވައި އުފެއްދި ޕާޓީއެއް ނަމަވެސް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އެ ޕާޓީއަށް އުފެއްދުމަށް ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިންގެ ނަމުގައެވެ. ޕީއެންއެފުން ދަނީ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *