ޝާހިދުގެ ބައްޕާފު އަވަހާރަވުމާއި ގުޅިގެން ރައީސް މުއިއްޒުގެ ތައުޒިޔާ

ޝާހިދުގެ ބައްޕާފު އަވަހާރަވުމާއި ގުޅިގެން ރައީސް މުއިއްޒުގެ ތައުޒިޔާ

އެމްޑީޕީގެ ރައީސް، އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕާފުޅު، ދަރަވަންދޫގޭ މޫސާ ޖަމީލް މިއަދު އަވަހާރަވުމާއި ގުޅިގެން، އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މޫސާ ޖަލީލް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުންނެވެ. އަދި މި ފަހުން ގެންދެވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

ރައީސް މުއިއްޒު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ މޫސާ ޖަމީލު، އަވަހާރަވި ޚަބަރު އަޑު އެއްސެވީ ފުންހިތާމަޔާއެކު ކަމަށް ވިދާޅުވެފައެވެ. އަދި މާތް ﷲ މޫސާ ޖަމީލުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، މޫސާ ޖަމީލުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މޫސާ ޖަމީލް އަވަހާރަވިއިރު، އަނބިކަނބަލުން މައިމޫނާ ވަޖީހު އާއި ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. މޫސާ ޖަމީލުގެ ކަށުނަމާދު އޮތީ މިއަދު ހަވީރު، އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. ވަޅުފުޅު ލެވިފައި ވަނީ ގަލޮޅު ސަހަރާގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *