ޕާޓީ ތެރެއިން ނުބައި ރޭވުންތަކެއް ރޭވި، ހީކުރީ އަޅުގަނޑު އަބަދު އިންނާނީ ހުރަގޭގައި ކަމަށް: ޔާމީން

ޕާޓީ ތެރެއިން ނުބައި ރޭވުންތަކެއް ރޭވި، ހީކުރީ އަޅުގަނޑު އަބަދު އިންނާނީ ހުރަގޭގައި ކަމަށް: ޔާމީން

އެ މަނިކުފާނު އެންމެ އިތުބާރު ކުރެއްވި އަދި އެންމެ ގާތް ބޭފުޅުން ކަމަށް ދެކުނު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގެ ބޭފުޅުން ވަނީ ޚިޔާނަތްތެރިވެފައި ކަމަށާއި އެ ބޭފުޅުން ހީކުރެއްވީ އެ މަނިކުފާނު އޮންނަވާނީ އުމުރު ދުވަހަށް ޖަލުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ފުވައްމުލަކު ސިޓީއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ އެ މަނިކުފާނު ބަންދުގައި ހުންނެވިއިރު ޕީޕީއެމްޕީއެންސީގެ އެތެރޭގައި ދިޔައީ މަކަރުވެރި ރޭވުން ތަކެއް ރާވަމުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ރޭވުން ތަކުގައި އެންމެ ކައިރީގައި އުޅުނު ބައެއް މީހުން ޝާމިލުވާ ކަމަށާއި އެއީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ޔާމީން ވިދާޅުވީ އެ މަނިކުފާނަކީ ކުށެއް ނެތް މައުސޫމް ބޭފުޅެއް ކަމަށް ސަޕޯޓަރުން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެންމެ ކައިރީގައި އޭރު އުޅުއްވި ބޭފުޅުން އެކަން ގަބޫލު ކުރަން ބޭނުންނުވާ ކަމަށެވެ.

"އަޅުގަނޑާ ކައިރިން މަސައްކަތްކުރި އެންމެ ވަރުގަދަ ކަމަށް ގަބޫލުކުރި މީހުން ކީއްވެގެންތޯއޭ އެ އިތުބާރު އެ މީހުންގެ އަޅުގަނޑުގެ މައްޗަށް ނެތީ އަޅުގަނޑަކީ މައުސޫމް މީހެއް ކަމަށް، އެ މީހުން ދުށީ އަޅުގަނޑު އިންނާނީ ހުރަގޭގައޭ އަބަދު. އެއީ ގޯސް ވިސްނުން. އެއީ އެ މީހުން ހިޔާނާތްތެރިވީއޭ މިއަދުވެސް މި ބުނާ ސަބަބަކީ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރުގެ އިސްވެރިންގެ ތެރޭގައި ތިއްބެވި ބޭފުޅުންތަކެއް އެ މަނިކުފާނަށް ބޭވަފާތެރިވެފައިވާ ކަމަށާއި އެ ބޭފުޅުން މަސައްކަތް ކުރެއްވީ އަމިއްލަ މަންފާ ތަކެއް ހޯދުމަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *