ރައީސް މުއިއްޒުގެ ދޮގު ދޮލަނގު ގާދޫ ކޮލުން ބޭރު ކޮށްލަން އެމްޑީޕީއަށް ވޯޓު ދެއްވާ: ޝާހިދު

ރައީސް މުއިއްޒުގެ ދޮގު ދޮލަނގު ގާދޫ ކޮލުން ބޭރު ކޮށްލަން އެމްޑީޕީއަށް ވޯޓު ދެއްވާ: ޝާހިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދޮގު ދޮލަނގު ގާދޫ ކޮލުން ބޭރުކޮށްލުމަށް، އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދެއްވުމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ރާއްޖޭގައި މިހާރު ބޮޑުވަމުން އަންނަ ބޮޑު ދޮގު ދޮލަނގު ގާދޫ ކޮލުން ބޭރު ކުރުމަށް ފެށި ދަތުރެއް ކަމަށެވެ. އަދި މިހާރު މި ދަތުރު މިވަނީ ނިމެން ކައިރިވެފައި ކަމަށެވެ.

"އާދިއްތަ ދުވަހު ހެނދުނު ހެނދުނާ ނުކުމެވަޑައިގަންނަވާ. 8:00 ޖަހާއިރު ނުކުމެވަޑައިގަންނަވާ، މާއިރާ ނުކުމެވަޑައިގަންނަވާ، މެންދުރު ނަމާދަށް ގޮވަންވާއިރަށް ދޮގު ދޮލަނގު ބޭރުކޮށްލުމަށް އަޅަންޖެހޭ ހުރިހާ ވޯޓެއްް އަޅާ ފޮށިތައް ފުރާލައްވާ" ޝާހިދު ވިދާޅުވިއެވެ.

"ޑރ. މުއިއްޒުގެ ދޮގު ދޮލަނގު ކުނިވެ ފުޅަ އަޅާފައިވާ ދޮގު ދޮލަނގު ބޭރުކޮށްލައްވާ" ޝާހިދު އިތުރަށް ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފުލެޓް ފޭރި ގަތުމަށް މި ސަރުކާރުން ދަނީ ތައްޔާރު ވަމުން ކަމަށެވެ. އެކިއެކި ގޮތްގޮތަށް އޮޅުވާލައިގެން ގޯއްޗާއި ފުލެޓް ނުދީ ސަރުކާރުން އެ ތިބެނީ މަޖިލިސް އިންތިޚާބު ނިމެންދެން ކަމަށް ޝާހިދު ވިދާޅުވިއެވެ. އާދިއްތަ ދުވަހަށް ފަހު ކުރީ ސަރުކާރުން ފުލެޓާއި ގޯތި ލިބުނު މީހުން ކަމަށް ކަނޑައެޅި ލިސްޓު ސަރުކާރުން "އޮޅާލާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އެކަން އެގޮތަށް ކުރުމަށް މާލޭ ރައްޔިތުން ފުރުސަތު ދީގެން ނުވާނެ ކަމަށާއި، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޤާނޫނަކުން ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ކަށަވަރު ކޮށްދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ މިސްރާބު މިދަނީ ކަސިޔާރުވެ އަނދިރި އަނދަވަޅަކާ ދިމާލަށް ކަމަށާއި އެހެންކަމުން ދެއަތް އުރާލައިގެން ބަލަން ނުތިބެވޭނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *