އިއްޔެ އާއި މިއަދު 6 އެއާޕޯޓެއް ހަދަން ހަވާލު ކޮށްފި

އިއްޔެ އާއި މިއަދު 6 އެއާޕޯޓެއް ހަދަން ހަވާލު ކޮށްފި

މިދިޔަ ދެދުވަސް ތެރޭގައި 6 ރަށެއްގައި އެއާރޕޯޓު ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ސަރުކާރުން ހަވާލު ކޮށްފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ އިއްޔެ ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓު ހެދުމަށް އެމްޓީސީއާ ހަވާލުކޮށްފައެވެ. އަދި މިއަދު ވަނީ ހއ. ދިއްދޫ އެއާޕޯޓް ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްފިއެވެ.

އެ މަޝްރޫއުތަކުގެ ތަފުސީލެއް މަޝްރޫއު ތަކުގެ އަގު މިނިސްޓްރީންވެސް އަދި އެމްޓީސީސީ އިންވެސް ވަނީ އާންމު ނުކޮށެވެ. ނަމަވެސް މީގެކުރިން މަޝްރޫއު ތަކުގައި ސޮއި ކުރާއިރު މަޝްރޫއު ހަވާލުކުރި އަގާއި ނިންމަންޖެހޭ ދުވަހާއި، މަޝްރޫއުގެ ދަށުން ކުރާނެ ކަންކަމުގެ މައުލޫމާތު މިނިސްޓްރީންނާއި އެމަސައްކަތުގެ ކޮންޓްރެކްޓަރު މީޑިއާތަކާ ހިއްސާ ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *