ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އެމެރިކާ ހުރަސް އެޅުމުން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި

ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އެމެރިކާ ހުރަސް އެޅުމުން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި

ފަލަސްތީނަށް އދ. ފުރިހަމަ މެމްބަރުކަން ދިނުމަށް އެމެރިކާއިން ހުރަސް އެޅުމުން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އާންމު މަޖިލީހުން ފާސްކުރުމުން އެމެރިކާއިން ވަނީ ވީޓޯ ކޮށްފައެވެ. އެކަމާ ގުޅިގެން ފޮރިން  މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ވަކާލާތު ކުރަނީ ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ކަމަށެވެ. ހުރިހާ ގައުމަކާމެދު އިންސާފު ހަމަހަމަ ގޮތެއްގައި އަދ.އިން ކަންތައް ކޮށްދޭން ޖެހޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން އިއްޔެ ބުނެފައިވަނީ ފަލަސްތީނަކީ ޔޫއެންގެ ފުރިހަމަ މެމްބަރުކަން ލިބިފައިވާ ގައުމަކަށް ހެދުމަށް އދ.ގެ ހުރިހާ ގައުމެއް މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އެޖެންޑާގައި ފަލަސްތީނުގެ މައްސަލަ އޮންނަނީ އިޒްރޭލުން، ފަލަސްތީނު ރައްޔިތުންނާ މެދު ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކުގެ ސަބަބުން ކަމަށާއި ނަމަވެސް، ސަލާމަތީ މަޖިލީހުން އެކަން ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ހަރަކާތްތައް ނިމުމަކަށް ގެނެވޭނީ އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކޮށް ފަލަސްތީނަކީ ޔޫއެންގެ މެންބަރު ގައުމަކަށް ހަދާ އެ ގައުމުގެ މިނިވަން ކަމަށް އަޑު އުފުލައިގެން ކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *