ޔާމީން މިއަދު މެންދުރު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނީ

ކޯޓަށް ވަޑައިގަންނަވަމުން ޔާމީން ސަޕޯޓަރުންނަށް: މިހާރު ނާދޭދޯ މިތަނަށް އަބްދުއްރަޙީމެއް؟

ކޯޓަށް ވަޑައިގަންނަވަމުން ޔާމީން ސަޕޯޓަރުންނަށް: މިހާރު ނާދޭދޯ މިތަނަށް އަބްދުއްރަޙީމެއް؟

މިހާރު ހައިކޯޓުގައި ކުރިޔަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލީހަށް ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނުކުމެވަޑައިގަންނަވަމުން، ރައީސް ޑރ މުއިއްޒުގެ ޚާއްސަ އެޑްވައިޒަރު އަބްދުއްރަޙީމް ކޮބާތޯ ސަޕޯޓަރުންނާ ސުވާލު ކުރައްވައިފިއެވެ.

މިއަދު މެންދުރު ފަހު އެކެއް ޖެހިއިރު އޮންނަ ޝަރީއަތަށް ވަޑައިގަތުމަށް ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެއްވެފައިވާ ސަޕޯޓަރުން "ރައީސް" އޭ ކިޔައި ގޮވާލުމާއެކު ސަޕޯޓަރުންނާ ދިމާލަށް އެނބުރި ވަޑައިގެން "މިހާރު ނާދޭ މިތަނަށް އަބްދުއްރަޙީމެއް" ވިދާޅުވިއެވެ. އެއާއެކު ސަޕޯޓަރުން ބާރަށް ހޭން ފަށައެވެ. އަދި އަޅުގަނޑުމެން މިތިބީ ނޫންތޯއޭ ބުނެ ޔާމީނަށް ޖަވާބު ދެއެވެ.

ޔާމީން ޖަލުގައި ހުންނެވިއިރު، އަނބިކަނބަލުންނާއި ދަރިކަލުން ޔާމީން ޔާމީންގެ ދިފާއުގައި މުޒާހަރާ ތަކަށް ވަޑައިނުގަތުމުން އަބްދުއްރަޙީމް ވަނީ ވަރަށް ފަހުން ފާޑު ވިދާޅުވެފައެވެ. އެއާއެކު ޔާމީންގެ ބަހުގެ ހަމަލާތައްވެސް ފަހަކަށް އައިސް އަބްދުއްރަޙީމަށް ދަނީ އަމާޒު ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *