އަހަންމާކަލޯގެ އަރަތް ކޮލަމް: މަ ދަންނަންތަ؟

އަހަންމާކަލޯގެ އަރަތް ކޮލަމް: މަ ދަންނަންތަ؟

ވަރަށް ގިނަ މީހުން އަހަރެންނަށް އެހީ ވެއެވެ. އަހަރެންގެ އެހީތެރިކަންވެސް އެހެން މީހުންނަށް ދެމެވެ. ވަރަށް ގިނަ މީހުންނަށެވެ. އަހަރެންގެ ބޭނުން ގިނަ މީހުން ކުރެއެވެ. މީސް މީހުން ބަލިވީމާ ބޭސް ހެދުމުގައިވެސް އަހަރެންގެ ބޭނުން ކުރެއެވެ. އެމީހުންގެ ގެދޮރު ހެދުމުގައިވެސް އަހަރެންގެ ބޭނުން ހިފައެވެ. އޮޑިދޯނި ފަހަރު ބަނުމުގައިވެސް އަހަރެން އެހީތެރިކަން ދެމެވެ. ގެދޮރު ހެދުމުގައިވެސް މެއެވެ.

އަދި މިހެން މިކަންކަން ހުރިއިރު އަހަރެންނަކީ ޤައުމެއްގެ ވަރަށް ޝަރަފު ވެރިއަކީމުއެވެ. އެހެން ނަމަވެސް ބައެއް މީހުން އަހަންނަކަށް އިޙުތިރާމެއް ނުކުރެއެވެ. އަހަރެންނަށް އަނިޔާވެސް ކުރެއެވެ. އަހަރެންގެ ދަރިން ގައިގައި ތަޅާވެސް ހަދައެވެ. ތޫނު އެއްޗެތި ބޭނުން ކޮށްގެންވެސް މެއެވެ. އަހަރެންގެ ބައެއް ދަރިން ދިރި އުޅުނަކަވެސް ނުދެއެވެ. އަނިޔާކޮށް މަރާލަނީވެސް މަދެއް ކޮށެއް ނޫނެވެ. އެމީހުން އަހަރެންނަށް ދޭންޖެހޭ އެހީތެރި ކަމެއް ހަމަ ނުދެއެވެ. އަހަރެންގެ ދަރިންނަށާއި, އަހަރެންނަށް އެހާ އަނިޔާ ކުރާއިރު އަހަރެން ހުންނަނީ ހިމޭން ކަމުގައެވެ. ކެތްތެރި ކަމުގައެވެ. އެހެން މީހުންގެ ޚިދުމަތުގައެވެ.

ކުރީޒަމާނުގައިވެސް ދުރު ތަންތަން ބެލުމުގައިވެސް އަހަރެންގެ ބޭނުން ހިފައެވެ. އަދި ކޮބާހެއްޔެވެ. އަހަރެންގެ ބޭނުން މީސް މީހުންގެ ކެއުމުގައިވެސް ހިފައެވެ. އެމީހުންނަށް ހަށިގަނޑަށް ފައިދާ ހުރި ކާނާ އަހަރެން ދެމެވެ. ފޮނި ކާތަކެތި ތައްޔާރު ކުރުމުގައި މީސް މީހުންނަށް އަހަރެން ވަރެއް ހަމަ ނެތެވެ. އެކަމުގައިވެސް އަހަރެން ވަރުބަލި ކަމެއް ނެތި އެމީހުންނަށް އެހީތެރި ވަމުއެވެ.

އަހަރެންގެ ހިތާމަ އަކީ އަހަރެންނަށް ބައެއް މީހުންގެ ލޯތްބާއި, އިޙުތިރާމް ނުލިބޭތީއެވެ. އަހަރެންނާއި، އަހަރެންގެ ދަރިން އެކަމާ ވަރަށް ދެރަ ވެއެވެ. އަހަރެންގެ ވޭނީ ރުއިމުގެ އަޑެއް އެއްވެސް މީހަކު ނާހައެވެ.

އަހަރެންނަކީ "ދިވެހި ރުކެވެ."

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *