އަހަންމާކަލޯގެ އަރަތް ކޮލަމް: ކޮންތާކު މި ރިއްސަނީ؟

އަހަންމާކަލޯގެ އަރަތް ކޮލަމް: ކޮންތާކު މި ރިއްސަނީ؟

ހިތުގައި ވެސް އެ އަސަރެވެ. ސިކުނޑީގައިވެސް ހުރީ ހަމަ އެއަސަރެވެ. ލޮލުން ކަރުނަ ވެސް އާދެއެވެ. ނިންޖެއް ވެސް އަޔަކަ ނުދެއެވެ. ލޮލުގައި ހުރީވެސް ހަމަ އެއިޙުސާސެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނެއްގައި ވެސް ހުރީ އެކަމުގެ ވޭނީ އަސަރެވެ.

މަޔަކަށް ބަފަޔަކަށް ލޯބިން ގޮވާލަން ފުރުޞަތެއްވެސް ނުދެއެވެ. އަމުދުން ކެއިން ބުއިމަކަށް ވެސް ފުރުޞަތެއް ނުދެއެވެ. ކުޅިވަރެއް ވެސް ކުޅުނަކަ ނުދެއެވެ. ލޯބިން މީހަކާ ވާހަކަ ދައްކަން ވެސް ހުރަސް އަޅައެވެ. ތަންމަތިން ތެދުވުމަށް ވެސް އިންކާރު ކުރެއެވެ. ކަމެއްގައި ރަނގަޅަށް ޚިޔާލު ވެސް ކުރިޔަކަ ނުދެއެވެ.

ޑަކުޓަރަށްވެސް ދިޔައީމެވެ. ބޭސްވެސް ކެއީމެވެ. އެހެނަސް އެކަމަށް އަދިވެސް ޙައްލެއް ނުލިބެއެވެ. ހުރިހާ އުފަލަކުން ވަނީ މަޙުރޫމު ވެފައެވެ. ހިނިތުން ވުމަކަށް ވެސް ފުރުޞަތެއް ނުދެއެވެ. ފިސާރި ތެދެކެވެ. ހަމަ " ދަތެއްގައި " ރިއްސަނީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *