ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓްރީ

އިންތިޚާބާއި ދިމާކޮށް އެކްސް ބްލޮކްކުރި ކަމަށް ޕާކިސްތާނުން ބުނެފި

އިންތިޚާބާއި ދިމާކޮށް އެކްސް ބްލޮކްކުރި ކަމަށް ޕާކިސްތާނުން ބުނެފި

މިދިޔަ ފެބްރުއަރީ މަހު އާންމު އިންތިޚާބާއި ގުޅުވައި ސޯޝަލް މީޑިޔާ ޕްލެޓްފޯމް އެކްސް ބްލޮކް ކޮށްފައިވާނެ ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފިއެވެ.

ޕާކިސްތާނުގެ އިންޓްރީއާ މިނިސްޓްރީން ބުނީ އެކްސް ބްލޮކްކުރީ އިންތިޚާބުގެ ދުވަސްވަރު ފެންމަތިވި ގައުމީ ސަލާމަތައް ނުރައްކާވާ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

ޓުވިޓާ ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށް ފެބްރުއަރީ މަހު ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އެ ދުވަސްވަރު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ، ސަރުކާރު އޮފިޝަލުން ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް މުޒާހަރާ ކުރުމަށް ގޮވާލައިފައެވެ.

އެފަހުން މިއަދު އިންޓްރީއާ މިނިސްޓްރީން ހައި ކޯޓަށް ހުށަހެޅި ރިޕޯޓެއްގައި ބުނީ އެ ދުވަސްވަރު އެކްސް ބްލޮކް ކޮށްފައިވާ ކަމަށެވެ.

"މިތަނުގައި ފާހަގަ ކޮށްލަން ވަރަށް މުހިންމު ކަމަކީ ޕާކިސްތާނުގެ ސަރުކާރުގެ އިރުޝާދު ތަކަށް ޓްވިޓާ/އެކްސް އިން ތަބާނުވުމާއި، އެ ކުންފުނީގެ ޕްލެޓްފޯމް ނުބައިކޮށް ބޭނުންކުރުމާ ގުޅޭ ކަންބޮޑުވުން ތަކަށް ހައްލެއް ނުލިބުމުން މަނާ ކުރުން ލާޒިމުވިކަން،" އިންޓްރީއާ މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ އެކްސް މަނާ ކުރަން ނިންމީ ޕާކިސްތާނުގެ ގައުމީ ސަލާމާތާއި، އާންމުންގެ ހަމަޖެހުން ދެމެހެއްޓުމުގެ އިތުރުން ގައުމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ ގޮތުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *