ސިޔާސީ މަގުސަދެއްގައި ކުންފުނި ތަކުގެ ވަޒީފާއިން ވަކި ކުރުމަކީ ކުށަކަށް ހަދާނަން: ފައްޔާޒު

ސިޔާސީ މަގުސަދެއްގައި ކުންފުނި ތަކުގެ ވަޒީފާއިން ވަކި ކުރުމަކީ ކުށަކަށް ހަދާނަން: ފައްޔާޒު

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ ކާމިޔާބު ކުރެއްވިއްޖެނަމަ ސިޔާސީ ބޭނުމަކަށް މީހުން ވަޒީފާއިން ވަކި ކުރުމަކީ ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަޑައިގަތުމުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) މުވައްޒަފަކަށް ވަޒީފާގެ ބިރު ދެއްކި ވާހަކަ އާއްމުންގެ މީހަކު ހިއްސާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އެކްސްގައި އާންމު ކުރައްވާ ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް ތާއީދު ކުރާ މީހުންނަށް ވަޒީފާގެ ބިރު ނުދެއްކޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް، އެނގިވަޑައިނުގަންނަވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

"އަދި ދަންނަވަން 20 ވަނަ މަޖިލީހަށް އެމްޑީޕީ މެޖޯރިޓީ ލިބިއްޖެނަމަ ސިޔާސީ މަގުސަދަށް ވަޒީފާއިން ވަކިކުރުމަކީ ޤާނޫނީ ކުށެއް ކަމުގައި ކަނޑައަޅާ ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދީފައިވާފަދަ ޤާނޫނީ ރައްކާތެރިކަން ދައުލަތުގެ ކުންފުނި ތަކުގެ މުވައްޒަފުންނަށްވެސް ކަށަވަރުކޮށް ދޭނަން" ފައްޔާޒު ވިދާޅުވިއެވެ،

އެމްޑީޕީ ހޯދައިދިން މިނިވަން ކަމަކީ ބިރު ފަހަނައަޅާ ގޮސްފައިވާ މިނިވަން ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ވަޒީފާ ހަތިޔާރަކަށް ހަދައި މުވައްޒަފުންނަށް ބިރު ދެއްކުމަކީ ފިނޑި އަމަލެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ،

މަޖިލިސް އިންތިޚާބާ ދިމާކޮށް، ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ކެމްޕޭން ފެށުނީއްސުރެ އެމްޑީޕީން ދަނީ ތުހުމަތު ކުރަމުނެވެ. އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *