ދުބާއީއަށް ބޯކޮށް ވާރޭ ވެހި މަގުތަކާއި އެއާޕޯޓު ފެނު އަޑީގައި، ސަރުކާރު މުވައްޒަފުން ގޭގައި!

ދުބާއީއަށް ބޯކޮށް ވާރޭ ވެހި މަގުތަކާއި އެއާޕޯޓު ފެނު އަޑީގައި، ސަރުކާރު މުވައްޒަފުން ގޭގައި!

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ދުބާއީއަށް ބޯކޮށް ވާރޭވެހި ބޮޑެތި މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

ދުބާއީއަށް ކުރި ވިއްސާރައިގައި މަގު ތަކުގައި ފެން ބޮޑުވުމުގެ ސަބަބުން މަގު ތަކުގައި އުޅަނދުތައް ދޫކޮށްލާފައި މީހުން ވަނީ ގޮސްފައެވެއެވެ. އަދި ވިއްސާރަ ވުމުގެ އިތުރުން ވައިގަދަ ވުމުގެ ސަބަބުން ދުބާއި އިންޓަނޭޝަނަލް އެއާޕޯޓުގެ ފުލައިޓް އޮޕަރޭޝަންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ނޫސް ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން މަގުތަކާއި އެއާރޕޯޓު ވަނީ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައެވެ.

ދުބާއީގެ މޫސުމާބެހޭ އިދާރާއިން ބުނެފައި ވަނީ ކުރިއަށް އޮތް ވަގުތު ތަކުގައިވެސް ބޯކޮށް ވާރޭވެހި ވިދައި ގުގުރައި ހަދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މޫސުމާބެހޭ އިދާރާއިން ބުނެފައި ވަނީ ދުބާއީއަށް ހެނދުނު 30 މިލިމީޓަރު (1 އިންޗި) އަށް ވުރެ ގިނަ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި މުޅި ދުވަހު 128 އެމްއެމް (5 އިންޗި) އަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ ކަމަށެވެ.

ދުބާއީއަށް މޫސޫން ގޯސްވުމުގެ ސަބަބުން އެ ސިޓީގެ ސަރުކާރުން ވަނީ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *