އަޅުގަނޑަކީވެސް ވެރިކަން ކޮށްފައި ހުރި މީހެއް، މަތިން އޯޑަރެއް ނެތި ފުލުހުން އަމަލެއް ނުކުރާނެ: އިބޫ

އަޅުގަނޑަކީވެސް ވެރިކަން ކޮށްފައި ހުރި މީހެއް، މަތިން އޯޑަރެއް ނެތި ފުލުހުން އަމަލެއް ނުކުރާނެ: އިބޫ

ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޕީއެންއެފްގެ ޖަލްސާ އެސްއޯ ފުލުހުން ގޮސް ހުރަސް އަޅައި، ހުއްޓުވީ މަތިން އޯޑަރެއް ނެތި ކަމަށް ސަރުކާރުން ވިސްނައިދޭން އުޅުމަކީ ދޮގެއް ކަމަށާއި، އެމަނިކުފާނަކީވެސް ރާއްޖޭގެ ވެރިކަން ފަސް އަހަރު ކުރައްވާފައިވާ ބޭފުޅެއް ކަމުން އޯޑަރެއް ނެތި ފުލުހުން އަމަލު ނުކުރާނެކަން ޔަގީން ކަމަށް ކުރީގެ ރައީސް އަދި އެމްޑީީގެ އެންމެ އިސް އެޑްވައިޒަރު އިބްރާހިމް މުޙަންމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު މެދުދާއިރާގެ އެމްޑީީ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ސިފައިން ވިޔަސް ފުލުހުން ވިޔަސް މަތިން އަންނަ އޯޑަރަށް ނޫން ގޮތަކަށް އަމަލު ނުކުރާނެ ކަމަށެވެ. އެހެންކަމުން ހޯމް މިނިސްޓަރާއި ފުލުހުންގެ އިދާރާގެ އިސްވެރިނާއި ރައީސުލްޖުމްހޫރިއްޔާއަށްވެސް އެކަން ހިނގައިދިޔަ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވާނަމަ، އެއީ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ މައްސަލައެއް ކަމަށް އިބޫ ވިދާޅުވިއެވެ.

"ޖުމްލަކޮށް އެސްއޯ ފުލުހުންވެސް ޓްރެފިކް ފުލުހުންވެސް އަދި ސިފައިންގެ ފައުޖެއްވެސް އަމަލެއް ނުކުރާނެ މަތިން އޯޑަރެއް ނާންނަނީހެއް. އެހެންވީމަ ނޭނގޭ ވިދާޅުވެ ޑިމޮކްރަސީއަށް އެޅި ހުރަސް އެއީ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭނެ ކަމެއްނޫން" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުވެސް ފަސް އަހަރުގެ ވެރިކަމެއް ނިންމާލިއިރު، އެމްޑީޕީގެ ތެރެއިންވެސް ބަޔަކު ނުކުމެ އެހެން ސިޔާސީ ޕާޓީއެއް އުފެއްދި ކަމަށާއި، ސަރުކާރުން އެކަމަށް އެއްވެސް ހުރަހެއް އަޅާފައި ނޯންނާނެ ކަމަށެވެ.

"އެއީ އެމްޑީޕީ ގަބޫލުކުރާ ސިޔާސަތަކީ. އަޅުގަނޑުމެންނާ ދިމާލަށް ފާޑު ކިޔޭނެ. ކިޔަންޖެހޭނެ. ރައްޔިތުން އިންތިޚާބުކޮށްފައި ހުންނަ ޕަބްލިކް ސަރވިސްގައި ހުންނަ މީހަކާއި ދޭތެރޭގައި ރައްޔިތުންނަށް އެއްޗެހި ކިޔޭނެ. ބުނެވޭނެ ފާޑު ކިޔޭނެ" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ސިޔާސީ މަގާމު ތަކަށް އަންނަންޖެހޭނީ ފާޑުކިޔާނެކަން އެނގިހުރެ، އެކަން ގަބޫލު ކޮށްގެން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *