އެސްއޯ ފުލުހުން ދެން ހަރަކާތްތެރިވާނީ ކަމިޝަނަރ އޮފް ޕޮލިސްގެ ހުއްދަ އޮވެގެން ކަމުގައި ހަމަޖައްސައިފި

އެސްއޯ ފުލުހުން ދެން ހަރަކާތްތެރިވާނީ ކަމިޝަނަރ އޮފް ޕޮލިސްގެ ހުއްދަ އޮވެގެން ކަމުގައި ހަމަޖައްސައިފި

ޕީއެންއެފްގެ ޖަލްސާއަށް އެސްއޯ ފުލުހުން ގޮސް، އެ އެއްވުން ރޫޅާލި މައްސަލައަށް ފަހު، އެސްއޯ ފުލުހުން ދެން ހަރަކާތްތެރިވާނީ ކަމިޝަނަރ އޮފް ޕޮލިސްގެ ހުއްދަ ލިބިގެން ކަމުގައި ހަމަޖައްސަވައިފިއެވެ.

ހޯމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ އެސްއޯ ފުލުހުންގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ ހާއްސަ ފިޔަވަޅު ތަކެއް ވަގުތުން އެޅުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މެދުވެރިކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އަށް އަންގަވާފައި ކަމަށެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނީ ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޝަރ ކުރުމަށްވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި ޕީއެންއެފްގެ ޖަލްސާ ރޫޅާލަން އެސްއޯ ފުލުހުން ހަރަކާތްތެރިވުމުގައި އެއްވެސް މީހެއްގެ އިހުމާލެއް އޮތްނަމަ، އެ ކަމަށް ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި އެފަދަ ޙާލަތްތަކުގައި މީޑިޔާއަށް މައުލޫމާތު ދިނުމުގައި މިހާރު ފުލުހުންގެ ތެރޭގައި އޮތް އުސޫލު ބަދަލު ކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

މި ބަދަލުތައް ގެނައުމަށް ނިންމީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފެއްދުމަށް ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާއަށް އެސްއޯ ފުލުހުންވަދެ ރޫޅާލުމުގައި އަނިޔާތަކެއް ލިބިފައިވުމާއި ގުޅިގެންނެވެ. އެއްވުން ރޫޅާލުމުން އެ ޕާޓީ އުފެއްދުމަށް ފަހުން ޖަލްސާ ބާއްވާފައި ވަނީ ސިޓީ ކައުންސިލްގެ ހުއްދައާއެކު ހެންވޭރު ރާޅުގަނޑު ސަރަހައްދުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *